ސަޓާގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި

އެލައިޑް އިންޝުއަރެންސްގެ ޖެނަރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު އަދި ހައިރައިޒްގެ ޖެނަރަލް މެނޭޖަރު މުހައްމަދު ޝާމިން، ސަޓާގެ ގަލާ އިވެންޓްގެ އިންޝުއަރެންސް ޕާޓްނަރުންގެ އެއްބަސްވުން ބަދަލު ކުރަނީ -- ފޮޓޯ/އެލައިޑް

ހައިރައިޒް އިން އިންތިޒާމް ކޮށްގެން މި މަހުގެ 27 ވަނަ ދުވަހު އަައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި ބާއްވާ ސައުތް ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ގަލާ އިވެންޓްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

މިއަދު އެލައިޑް އިންޝުއަރެންސްގެ އޮފީސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނަރުންގެ އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދެވެ. އަދި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ ހައިރައިޒްގެ ޖެނަރަލް މެނޭޖަރު މުހައްމަދު ޝާމިން އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިރައިޒްގެ ޖެނަރަލް މެނޭޖަރު ޝާމިން ވިދާޅުވީ، ހައިރައިޒް އަކީ ވަރަށް ކުޑަ ކުންފންޏެއް ނަމަވެސް ސަޓާ ފަދަ ބޮޑެތި ހަރަކާތްތައް ހިންގަނީ އެލައިޑް ފަދަ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާތީ ކަމަށެވެ. އަދި މިފަހަރުގެ ސަޓާ އިވެންޓަށް އެލައިޑުންދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާކަމަށްވެސް ޝާމިން ވިދާޅުވިއެވެ.

ހައިރައިޒްގެ ޖެނަރަލް މެނޭޖަރު މުހައްމަދު ޝާމިން ވާހަކަ ފުޅު ދައްކަވަނީ -- ފޮޓޯ/އެލައިޑް

އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، ސަޓާ އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަގްސަދަކީ އެލައިޑްގެ ފަރާތުން ފަތުރުވެރިކަމުގެ ދާއިރާއަށް އެއްބާރުލުން ދިނުން ކަމަށެވެ. މިހާރުވެސް އެލައިޑް އިންޝުއަރެންސް އިން ފަތުރުވެރިކަމުގެ ދާއިރާ އާއި ގެސްޓްހައުސް ދާއިރާގެ ކަވަރޭޖް ވަރަށް ބޮޑަށް ފުޅާ ކޮށްފައިވާކަމަށްވެސް ނިއުޝާދު ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/އެލައިޑް

މިފަހަރުގެ ސަޓާގެ ހޮޓްލިއާ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާރިރާގައި މަސައްކަތް ކުރާ އިވެންޓްގައި މި ސަރަހައްދުގެ އެންމެ ބޮޑު ބްރޭންޑްތައް ބައިވެރިވާނެކަމަށް ހައިރައިޒްއިން ބުންޏެވެ.

މިފަހަރު ސަޓާ އިވެންޓްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންއޮންލައިން އެވެ.

comment ކޮމެންޓް