އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ސުމާ އަދި ރިޝްމީ

އަހުމަދިއްޔާ ސްކޫލުން މިދިޔަ އަހަރު ސެކަންޑްރީ އިން ހުރިހާ ގޮތަކުން އެންމެ މޮޅޫ ދަރިވަރަކަށް ހޮވުނު ސުމާ އަހުމަދަށް އެވޯޑް ހަވާލު އެޑިއުކޭޝަން މިނިސްޓަރު ހަވާލު ކޮށްދެނީ--

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން ސެކެންޑްރީ އިން އެންމެ މޮޅު ދަރިވަރަކަށް ސުމާ އާދަމް އަދި ހަޔާ ސެކެންޑްރީ އިން ފާތިމަތު ރިޝްމީ ހޮވިއްޖެއެވެ.

ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ސުމާ އާއި ރިޝްމީ އަށް އެވޯޑްތައް ހަވާލުކޮށް ދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ހޯމް މިނިސްޓަރު އަޒްލީން އަހުމަދުއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ ޓްރޮފީއާއި، އަހުމަދިއްޔާ ސްކޫލް އުފައްދުމުގެ ބާނީ އަލްމާރުހޫމް ޑރ. އަހުމަދު ދީދީގެ އާއިލާއިން ދޭ ހާއްސަ އިނާމާއި ޑރ. އަހުމަދު ދީދީ އެވޯޑާއި، ހަަނދާނީ ފިލާއާއި އަހުމަދިއްޔާ ސްކޫލުން ދޭ އިނާމާއި މެޑެއްޔާއި ޓްރޮފީގެ އިތުރުން ރައީސް ޔާމީން އަބްދުލްގައްޔޫމް ދެއްވާ ހާއްސަ އިނާމާއި އެވޯޑް ވަނީ ސުމާ އަދި ރިޝްމީ އަށް ރޭގެ ރަސްމިއްޔާތުގައި ވަނީ އަރުވައިފައެވެ.

ރޭގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ރާއްޖޭގެ ތައުލީމާ ދާއިރާއަށް ބޮޑެތި ބަދަލުތައް އަންނަމުންދާއިރު އަޅުގަނޑުމެން ގެ އުޅުމުށްވެސް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި އަދި ތަހުޒީބް މުޖުތަމައުއަކަށް ދެވިރާއްޖެ ވަނީ އަޅުގަނޑުމެންގެ ވިސްނުންވެސް ބަދަލުވެގެން ކަމަށެވެ.

"ވަރަށް ބޮޑެތި ބަދަލުތަކެއް ތައުލީމީ ދާއިރާއަށް އަންނަމުންދާކަމަަށް ތިޔަބޭފުޅުން ހެކިވާނެކަން ކަށަވަރު. އެހެން ވީމާ މި ބަދަލުތައް އަންނަމުންދާއިރު ފެންނަން އެބަޖެހޭ އަޅުގަނޑުމެންގެ ބިހޭވިއާއަށް ނުވަތަ އަލުގަނޑުމެންގެ އަމަލުތަކަށް އަޅުގަނޑުމެން ކަންތައްތަކާ ދޭތެރޭ ވިސްނާ އޭގެ މައްޗަށް އަމަލުކުރާ ގޮތަށް އަޅުގަނޑުމެން ބަދަލުތަކެއްވެސް އެބަ އަންނަންޖެހޭ. ތަހުޒީބީ މުޖުތަމައުއަކަށް ތަރުބަވީ ތައުލީމް ކަމަށް ސަރުކާރުގެ ސިޔާސަތުތަކުގައި އެބަ އޮވޭ. އެހެން އޮންނަ ކަމަށް ވެއްޖިއްޔާ ތަހުޒީބު މުޖުތަމައުއަކަށް އަޅުގަނޑުމެން ވަނީ މައިންޑްސެޓް ތަހުޒީބް ވެގެން " އަޒްލީން ވިދާޅުވިއެވެ.

އަޒީލީން ވިދާޅުވީ އިގްތިސާދީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު ރާއްޖޭގައި އެތައް ހާސް ވަޒީފާތަކެއް އުފެދިގެން އަންނަ ކަމަށެވެ. އެހެން ކަމުން އެވަޒީފާތަކަށް ރަނގަޅަށް ތައްޔާރުވެފައި ތިބި ޒުވާނުންތަކެއް އަންނަން އެބަ ޖެހޭކަމާށާއި އަދި ދިވެހިންގެ ކިބައިގައި އެފަދަ ހުނަރު ނެތްނަމަ ދެން ޖެހޭނީ ބޭރުން އެތައް ބަޔަކު ގެންނަން ކަމަށް އަޒްލީން ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިއީ އެހާ ރައްކާތެރިކަމެއް ނޫން ކަމަށް އަޒްލީން ވިދާޅުވިއެވެ.

comment ކޮމެންޓް