ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންޓަ ސްކޫލު 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދައިފިއެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނުން ހޯދީ ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ބަލިކޮށްގެންނެވެ.
އެ މެޗުގައި އަހުމަދިއްޔާއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ކަލާފާނުން ލީޑު ހޯދުމުންނެވެ. އެ ގޯލު ކަލާފާނަށް ކާމިޔާބުކޮށްދިނީ އީހާން އިބްރާހީމެވެ. މެޗުގައި ކަލާފާނުން ޖެހި އަނެއް ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިލްހާމާއި މުހައްމަދު ނަޝަމްއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ކަލާފާނުގެ ހުސައިން އިލްހާމް އިބްރާހީމެވެ. އޭނާ ވަނީ މުބާރާތުގައި 13 ގޯލު ޖަހައިފައެވެ.
އެ މުބަރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކަލާފާނުގެ ކޯޗު ފަރީދު މުހައްމަދެވެ.