އެތިހާދު އެއާލައިންސްގެ ޕައިލެޓަކު ބޯޓު ދުއްވަމުން ދަނިކޮށް މަރުވެއްޖެ

އެތިހާދު އެއާވޭސްގެ ކާގޯ ފްލައިޓެއް

އަބޫ ދާބީން އެމްސްޓަޑާމަށް ދަތުރުކުރަމުންދިޔަ އެތިހާދު އެއާވޭސްގެ ޕައިލެޓަކު ބޯޓު ދުއްވަމުން ދަނިކޮށް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އެ ހާދިސާގައި ދުއްވަމުން ދިޔަ ބޯޓަކީ ކާގޯ ހިފައިގެން ދިޔަ ބޯޓެއް ކަމަށް އެ އެއާލައިން އިން ބުންޏެވެ. އެ އެއާލައިނުން ބުނީ ޝެޑިއުލާ އެއްގޮތަށް ހެނދުނު 5:20ގައި ބޯޓު ނައްޓާލިތާ ކުޑަ ކުޑަ އިރުކޮޅެއް ތެރޭ ޕައިލެޓްގެ ހާލު ކުއްލިއަކަށް ދަށްވެގެން ދިޔަ ކަމަށެވެ.

"ކެޕްޓަންގެ ހާލު ދައްވާން ފެށުުމުން ވަގުތުން އިމަޖެންސީކޮށް ކުވައިތަށް ޖެއްސުމަށް ބޯޓު އަނބުރާލިން،" އެތިހާދު އެއާވޭސްގެ ސްޕޯކްސްޕާސަން ބުންޏެވެ.

"ބޯޓު ޖެއްސިތަނާ މެޑިކަލް ޓީމަކުން ވަގުތުން އޭނާ އަށް ފަރުވާދޭން ފެށިން. ނަމަވެސް އިރުކޮޅެއް ނުވެ އޭނާ މަރުވެއްޖެ،" ސްޕޯކްސްޕާސަން ބުންޏެވެ.

އެތިހާދު އެއާވޭސްގެ ފްލައިޓުތަކުގައި ދެ ޕައިލެޓުން އަބަދުވެސް ތިބެއެވެ. އެ ހާދިސާގައި މަރުވި ޕައިލެޓުގެ ނަމާއި އުމުރާއި އަދި ގައުމު އެތިހާދުން ހާމަކޮށްފައެއް ނުވެ އެެވެ.

ގުޅޭ ޓެގު
comment ކޮމެންޓް