ޒައިދުލް އަމީން މާލެ ބަންދަށް ބަދަލުކޮށްފި

ޒައިދުލް އަމީން މިއަދު ކޯޓު ބޭރުގައި ---

މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން މާލެ ބަންދަށް ބަދަލުކޮށްފި އެވެ.

އޭނާ މާލެ ބަންދަށް ބަދަލު ކުރީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގަ އެވެ.

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އެހެން ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ މާލޭ ބަންދަށް ދޫކޮށްފައި ވަނީ، ޝަރުތަކާ އެކު 30 ދުވަހުގެ މުއްދަތަކަށެވެ. މާލެ ބަންދަށް ދޫކޮށް، ކޯޓުން ކޮށްފައިވާ ޝަރުތަކީ މާލެއިން ބޭރަށް ފުރައިގެން ނުދިއުމެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ފަނޑިޔާރަކު ބްލެކް މެއިލް ކުރި ކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އަކީ، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

comment ކޮމެންޓް