ދަރިފުޅަށް އެތައް ކަމެއް ދަސްކޮށްދޭން ބޭނުންވާ ކަމަށް ސަނީ ލިއޯން ބުނެފި އެވެ.
ޖުލައި މަހުގައި އެ ކުއްޖާ އެޑޮޕްޓް ކޮށްފައިވާ އިރު ދަރިފުޅަށް ދީފައިވާ ނަމަކީ ނިޝާ ކޯރް ވެބާ އެވެ. އެކުއްޖާ އަކީ މަހާރާޝްތުރަ ސްޓޭޓުގެ ލާތޫރު އަވަށަށް ނިސްބަތްވާ އުމުރުން ދެ އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ އެޑޮޕްޓްކޮށްފައި ވަނީ ސަނީ ބަނޑުބޮޑުކަމަށް ބުނެ ދެކެވެމުން ދިޔަ ވާހަކަތައް އޭނާ ދޮގުކޮށްފައި ވަނިކޮށް ކަމަށް ބޭރުގެ ހަބަރުތައް ބުންޏެވެ.
ސަނީ ބުނީ މިހާރު އޭނާގެ މުޅި ހަޔާތުގައި ވެސް ދަރިފުޅަކީ ވަރަށް މުހިއްމު މީހެއް ކަމަށެވެ. ދަރިފުޅާ އެކީ ހޭދަކުރާ ކޮންމެ ސިކުންތަކީ ވެސް ވަރަށް އަގުބޮޑު އެއްޗެއް ކަމަށް އޭނާ ބުންޏެވެ.
"ދަރިފުޅު ލިބުން އަސްލު ލައިފްސްޓައިލްް މުޅިން ބަދަލުވެއްޖެ. އަސްލު ވަރަށް ބުރަ ވާނެ ކަމަށް ހީކުރީ. އެކަމު ހީކުރި ގޮތެއްނޫން. އަސްލު މިއީ ވަރަށް ބޮޑު ނިޢުމަތެއް. ވަރަށް ބައިވަރު އެއްޗެހި ދަސްކޮށްދޭން ބޭނުން. އުމުރު ހިނގާ ވަރަކުން ކަންތައްތައް ނިޝާ އަށް ދަސްކޮށްދޭނަން. އަސްލު ހީވެސް ނުކުރާހާ ސަޅި އެކްސްޕީރިއެންސް އެއް މިއީ." ސަނީ ބުންޏެވެ.
ސަނީ ލިއޯން ފުރަތަމަ ފެނިގެން ދިޔައީ ރިއަލިޓީ ޝޯވްއެއް ކަމުގައިވާ "ބޮގް ބޮސް" އިންނެވެ. އޭގެ ފަހުން "ޖިސްމް 2", "އޭކް ޕަހޭލީ ލީލާ", "ކުޗް ކުޗް ލޯޗާ ހޭ" އަދި " ވަން ނައިޓް ސްޓޭންޑް" ފަދަ ފިލްމްތަކުން ސަނީ ވަނީ ބޮޑު މަޝްހޫރު ކަމެއް ހޯދައިފަ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ނަން ވިދާލި އެއް ފަންނާނަކީ ވެސް ސަނީ ލިއޯނެވެ.