ސަރޮގެސީ މެދުވެރިކޮށް ސަނީ ލިއޯނީ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

ބޮލީވުޑް އެކްޓްރެސް ސަނީ ލިއޯނީގެ ދެމަފިރިންނަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެ އެވެ. އެ ދެ ކުދިންނަކީ ސަރޮގޭޓް މަންމައެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނާ) މެދުވެރިކޮށް ސަނީ އަދި ޑެނިއަލް ވެބާ ހޯދި ދެ ކުދިންނެވެ.

ސަނީ އާއި ވެދާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެކުދިން ލިބުމުން 'ސަޕްރައިޒް' ވެފައި ހުރި ކަމަށާއި، އުފާވެރި ބޮޑު އާއިލާއެއް ލިބުނީތީ އުފަލުން ފޮޅިފައި ތިބި ކަމަށާއި، މިހާރު އާއިލާ ފުރިހަމަވެފައިވާ ކަމަށެވެ.

ދެ ކުދިންނަށް ކިޔައިފައި ވަނީ ނޯއާ ވެބާ އަދި އަޝާ ވެބާ އެވެ.

މީގެ ކުރިން ސަނީ އަދި ޑޭނިއަލް ވަނީ އަންހެން ކުއްޖަކީ އެޑޮޕްޓުވެސް ކޮށްފަ އެވެ. މިދިޔަ އަހަރު މަހާރާޝްތުރަ ސްޓޭޓުގެ ލާތޫރު އަވަށުން އެޑޮޕްޓު ކުރި އުމުރުން ދެ އަހަރުގެ ކުއްޖާއަށް ދީފައިވާ ނަމަކީ ނިޝާ ކޯރް ވެބާ އެވެ.

އެއްމާބަނދު ދެކުދިންނާ އެކު ސަނީ އަދި ޑޭނިއަލް އަށް މިހާރު ތިން ކުދިން މިވަނީ ލިބިފަ އެވެ. ދެމީހުން ވެސް ދިރިއުޅުމުގެ އާ ދަތުރު ސިފަކޮށްފައި ވަނީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފަލާއި ނަސީބު ކަމުގަ އެވެ.

comment ކޮމެންޓް