"ރޭސް3'ގައި ޖެކްލީނަށް ފުލުހެއްގެ ރޯލު!

ޖެކްލީން ފާނަންޑޭޒް

ކާމިޔާބު ފިލްމު ސީރީޒް 'ރޭސް'ގެ ތިން ވަނަ އިންސްޓޯލްމަންޓުގައި ސަލްމާން ޚާންއާ އެކު ފެނިގެންދާނެ ބަތަލާ ޖެކްލީން ފާނަންޑޭޒް ފުރަތަމަ ފަހަރަށް އޭނާގެ ފިލްމީ ހަޔާތުގައި ފުލުސް މީހެއްގެ ރޯލު އަދާކުރަން ޖެހިއްޖެ އެވެ.

އާންމުންނާ ހިސާބަށް ގިނަ ފިލުމުތަކާއި ލަވަތަކެއް ގެނެސްދިން ކުޅަދާނަ ބަތަލާ ޖެކްލީން ބުނީ ދުވަހުކަ ވެސް ނުކުޅޭ ރޯލަކުން ފެންނަންޖެހޭތީ އުފާވާ ކަމަށެވެ.

"އަސްލު ވަރަށް ހެޕަނިންގް ކަމެއް މިއީ. އަސްލު ބުނެދޭން ވެސް ނޭނގޭހާ އުފާވޭ. މުޅި ފިލްމީ ކެރިއަރުގައި ވެސް މި ފަދަ ރޯލަކުން ފެނިފައެއް ނުވާނެ. އަބަދުވެސް ބޭނުންވޭ ތަފާތު ރޯލުތަކުން ފެންނަން. ހުރިހާ ވައްތަރެއްގެ ރޯލެއް ޖެހުނަސް ޖެކްލީން އަށް ކުޅެވޭނެކަން އަންގައިދޭނެ ބޭނުން. އެހެންވެ މި ފިލުމު ވެގެންދާނީ ވަރަށް ހާއްސަ ފިލުމަކަށް." އޭނާ ބުންޏެވެ.

ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ރޭސް3"ގައި ސަލްމާނު ހާންގެ އިތުރުން ސިދާތް މަލްހަތްރާ ވެސް ފެނިގެންދާނެ އެވެ.

ފިލުމުގައި ތިން އަންހެން ލީޑް އެކްޓްރެސް ފެނިގެންދާނެ އެވެ. ފިލުމުގައި ހަރަކާތްތެރިވާނީ ކުޅަދާނަ ބަތަލާ ޖެކްލީން ފާނަންޑޭޒް އަދި ޑެއިޒީ ޝާހެވެ.

"ރޭސް 3" ޕްރޮޑިއުސް ކުރަން ހަމަޖެހިފައި ވަނީ ރަމޭޝް ޓޯރާނީ އެވެ. މި ފިލްމަކީ ތަފާތު މޮޅު ފިލުމަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ. ޖެކްލީންގެ މުޅިން ތަފާތު ކެރެކްޓާ އަކުން ފެނިގެންދާއިރު ސަލްމާނު ވެސް އެ ފިލުމުގައި ފެނިގެންދާނީ 'ވިލަން' އެއްގެ ރޯލަކުންނެވެ.

comment ކޮމެންޓް