މަޝްހޫރު އެކްޓަރު ވެން ޑޭމް އާއެކު ބަތަލާ ޖެކްލީން އެއް ފިލްމެއްގައި

ބަތަލާ ޖެކްލީން އާއި ހޮލީވުޑް އެކްޓަރު ވެން ޑޭމް

ބޮލީވުޑްގެ މަގުބޫލު ބަތަލާ ޖެކްލީން ފެނާންޑެޒް ޔޫރަޕުގެ މަޝްހޫރު އެކްޝަން ތަރި ޖީން ކްލައުޑް ވެން ޑަމްމޭއާއެކު ފިލްމެއްގައި މަސައްކަތް ކުރާކަން ކަށަވަރު ކޮށްދީފިއެވެ.

ހޮލީވުޑްގެ ގިނަ އެކްޝަން ފިލްމުތަކުން ފެނިފައިވާ ފްރާންސްގެ ވެން ޑޭމްއާއެކު ފިލްމަކަށް ސޮއިކުރިކަން ޖެކްލީން ކަށަވަރުކޮށް ދީފައިވާއިރު ތަންކޮޅެއް ކުރިން ބަތަލާ ވަނީ ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯ އެއްވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ސްޓޭޓްމަންޓެއްގައި ޖެކްލީން ބުނެފައި ވަނީ، ހޮލީވުޑްގެ އެކްޓަރު ވެން ޑޭމްއާއެކު ދާދިފަހުން އިޓަލީގައި ފިލްމުގެ ވަރަށް ބޮޑު ބައެއް ނިންމާފައިވާ ކަމަށެވެ. އަދި އެއީ މިހާތަނަށް އެކްޓިން ކެރިއަރުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާކަމަށް ޖެކްލީން ވަނީ ބުނެފައެވެ.

ކުޑައިރުއްސުރެވެސް އައިޑަލް އެއްގެގޮތުގައި ބަލަމުން އައި ލެޖެންޑް އެކްޓަރަކާ އެކު މަސައްކަތް ކޮށްލެވޭނެ ކަމަށް ދުވަހަކުވެސް އުއްމީދު ނުކުރާ ކަމަށާއި މިއީ ކެރިއަރުގައި މިހާތަނަށް އެންމެ އުފާވި ދުވަސް ކަމަށް ޖެކްލީން ވަނީ މި ސްޓޭޓްމެންޓްގައި ބުނެފައެވެ.

މި ފިލްމާބެހޭ މާބޮޑު ތަފްސީލެއް ހާމަނުކޮށް ޖެކްލީން ބުނީ، ފިލްމުގައި ކުޅެން ލިބުނީ ވަރަށް ރަނގަޅު ރޯލެއް ކަމަށާއި ވެން ޑޭމްގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުގައި ވެސް އެކްޝަން ސީންތައް ހިމެނޭ ކަމަށާއި ފިލްމުގެ ސްކްރިޕްޓް ޖެކްލީންއަށް ވަރަށް ކަމުދިޔަ ކަމަށެވެ.

ބަތަލާ ޖެކްލީއާއި އެކްޓަރު އިމްރާން ހާޝިމީ ފިލްމު "ސެލްފީ"ގެ މަންޒަރެއްގައި

ސްރީލަންކާއަށް ނިސްބަތްވާ ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރު ރިލީޒްވި ފިލްމު "ސެލްފީ"ގެ ޙާއްސަ ލަވައަކުންނެވެ. ކުރިޔަށް އޮތްތާ ޖެކްލީން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެތެރޭ "ފަތޭޙް"، "ވެލްކަމް3" އަދި "ކްރެކް" ހިމެނެއެވެ.

comment ކޮމެންޓް