ސައިފްގެ "ބޫތު ޕޮލިސް"ގެ ސީކުއަލެއް އަންނާނެ

ފިލްމުން ފެނިގެންދާ މައިގަނޑު ތަރިން---

ހަތަރު ލީޑު ކެރެކްޓަރުން ފެނިގެންދިޔަ ވަރުގަދަ ފިލްމު "ބޫތު ޕޮލިސް"ގެ ސީކުއަލެއް އަންނާނެކަން އިއުލާންކޮށްފިއެވެ.

މި މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރި މި ފިލްމުގެ ލީޑު ތަރިންނަކީ ސައިފް އަލީ ޚާން، ޖެކަލީން ފާނަންޑޭޒް، އަރުޖުން ކަޕޫރު އަދި ޔަމީ ގޯތަމް އެވެ. ޓައިމްސް އޮފް އިންޑިއާ އަށްި ސައިފް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ޓީމުން އަންނަނީ ފިލްމުގެ ސީކުއަލެއް ގެނެސްދޭން ތައްޔާރުވަމުން ކަމަށާއި ސީކުއަލްގެ މަސައްކަތް ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ. މި ފިލްމުގެ ސީކުއަލްގެ ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމަކީ "ރާގިނީ އެމްއެމްއެސް"ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ ގެނެސްދޭ ފިލްމެކެވެ.

ފިލްމުގައި ސައިފް ކުޅޭނީ ވައިބޫތީ ކިޔާ މީހެއްގެ ރޯލެވެ. އަދި އަރުޖުން ފެނިގެންދާނީ ޗިރައުންޖީ ނަމަކަށް ކިޔާ ކެރެކްޓާއެކެވެ. މި ފިލްމަކީ މި ތަރިންގެ ފުރަތަމަ ހޮރޯ ކޮމެޑީ ފިލްމުވެސް މެއެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ އަރުޖުން އާ ސައިފް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ޔަމީ އާ ޖެކަލީން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް