ގްރީން ބަލިކޮށް، ޓީސީން ފުރަތަމަ ބުރު ތިން ވަނައިގައި ނިންމާލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 އިން ކާމިޔާބުކޮށް ޓީސީން ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ބުރު ލީގުގެ ތިން ވަނައިގައި ނިންމާލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗުު ޓީސީން ކާމިޔާބު ކޮށްފައި ވަނީ 1-3 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ޓީސީއަށް ތިން ވަނަ ލިބެނީ ކުޅުނު ހަތް މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން ޓީސީ އެއްވަރުވި ނަމަވެސް މާޒިޔާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. މިރޭގެ މެޗުން ބަލިވި ގްރީން އޮތީ 12 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ލީގުގެ އެއްވަނަ ލިބެނީ 18 ޕޮއިންޓާއެކު ނިއު ރޭޑިއެންޓަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 އިން ކާމިޔާބުކޮށް ޓީސީން ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، ގިނަ ހަމަލާތަކެއް ދެ ޓީމުން ވެސް ވަނީ އުފައްދައިފައެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ގްރީން އިންނެވެ. ޓީސީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ގްރީންގެ ވިލިއަމް މެކޯ، ފަސް ވަނަ މިނެޓުގައި ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ޓީސީގެ ފުރަތަމަ ހަމަލާ، މެޗުގެ ނުވަ ވަނަ މިނެޓުގައި ފޮނުވާލީ ނާއިޒް ހަސަން (ދާދު) އެވެ. އޭރިއާ ބޭރުން އޭނާއަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ވެއްޓިގެންފައި ގޯލަށް ފޮނުވާލި ނަމަވެސް، އެ ހަމަލާގެ ހުރަހަކަށްވީ ގޯލް ދަނޑިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 އިން ކާމިޔާބުކޮށް ޓީސީން ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ޓީސީން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ޓީސީއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ދާދުއެވެ. އޭގެ އެއް މިނެޓު ފަހުން ޓީސީގެ އީސާ އަލް މަބްރަބީ ވަނީ އިތުރު ލަނޑެއް ޖަހައި ޓިސީއަށް ލީޑު ފުޅާ ކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސްޓެވާޓް އިޒެކިއެލް ކޯނެލިއަސް ވަނީ ޓީސީގެ ތިން ވަނަ ލަނޑު ޖަހައި މޮޅު ޔަގީން ކޮށްދީފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 އިން ކާމިޔާބުކޮށް ޓީސީން ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަދު ވަގުތު ކޮޅެއްގެ ތެރޭގައި ޓީސީން ތިން ލަނޑު ޖެހުމުން ގްރީނަށް ލިބުނު މާޔޫސްކަމުން އަރައިގަންނަން ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ އެ ޓީމުން މަސައްކަތް ކުރިއެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި އަހުމަދު ނިޒާމް ވަނީ ގްރީނަށް އުންމީދު އާ ކޮށްދީފައެވެ. ގްރީނުން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ އެ ނަތީޖާގައި އޮވެގެންނެވެ.

comment ކޮމެންޓް