ތުރުކީ މަގުން ސީރިއާއަށް ދާން އުޅުނު ތިން ދިވެއްސަކު ހައްޔަރުކޮށް މާލެ ގެނެސްފި

ދިވެއްސަކު ރާއްޖެއިން ބޭރުގެ ހަނގުރާމައެއްގައި: ތުރުކީ މަގުން ސީރިއާއަށް ދާން އުޅުނު ތިން ދިވެހިން ވަނީ ހައްޔަރުކޮށް މާލެ ގެނެސްފައި --

ތުރުކީ މަގުން ސީރިއާއަށް އެތެރެވާން އުޅުނު ތިން ދިވެއްސަކު ހައްޔަރުކޮށްގެން މާލެ ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ތިން ދިވެހިން ހައްޔަރުކުރީ ދިވެހި ފުލުހުންނާއި ތުރުކީގެ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ނަމަވެސް އެމީހުން ހައްޔަރުކުރީ ކޮން ދުވަހަކު ކަމެއް އަދި އެކަމާގުޅޭ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ދާދި ފަހުން ވަނީ މެލޭޝިއާގައި ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި 29 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފަ އެވެ.

މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިންގެ މައްޗަށް ތުހުމަތު ކުރަނީ ސީރިއާ ހަނގުރާމައަށް ދިއުމަށް ޓަކައި ސިންގަޕޫރާއި މެލޭޝިއާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތެވެ. ނަމަވެސް އެ ދެ މީހުން ވަނީ މެލޭޝިއާއިން ދިވެހި ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ސީރިއާގައި ހިގަމުންދާ ހަނގުރާމާއިގަ ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެކި ގޮތްގޮތައް ވަނީ އެގައުމަށް އެތެރެވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިހާރު މަރުވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބެ އެވެ.

comment ކޮމެންޓް