މިއީ ސިޔާސީ ގޮތުން ހަމަޖެހުން ލިބިފަ އޮތް ދުވަސްވަރެއް: ރައީސް

ވައި 18 ސްޕޯޓްސް ފިއެސްޓާ އިފްތިތާހު ކުރުމަށް މިރޭ އާޓްގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

މިދުވަސް ވަރަކީ ސިޔާސީ ގޮތުން ހަމަޖެހުން ލިބިފައި އޮތް ދުވަސްތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ވައި 18 ސްޕޯޓްސް ފިއެސްޓާ އިފްތިތާހު ކުރުމަށް މިރޭ އާޓްގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއީ ސިޔާސީ ހަލަބޮލު ދުވަސްވަރެކޭ ނުބުނެވޭނެ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީއެއް އޮވެއްޖެ ނަމަ ކޮންމެވެސް ވަރަކަށް ސިޔާސީ ހަރަކާތް ހިނގާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތްތައް ހިންގާއިރު އަބަދުވެސް ބަލަނީ ގާނޫނީ ހުދޫދުގެ ތެރޭގައި ގާނޫނީ މަގުން ހިނގައިގެން ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ހާސިލް ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ގާނޫނުގައި އަކުރުތައް ފެންނަލެއް ކުޑަކަމުން "ސަމާސާ ކަންކަން ހިނގަނީ" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އިޝާރާތް ކުރެއްވީ ދައުލަތުގެ ބަންޑާރަ ނައިބަށް ވަކީލުންތަކެއް ވެދުމަށް އެރުމަށް އެރުވި އޭ ތްރީ ސައިޒުގެ ބޮޑު ގާނޫނު އަސާސީ އަށެވެ. ނަމަވެސް ރައީސް ޔާމީން ވަކީލުންނަށް ނިސްބަތްކޮށް ވިދާޅުވީ ސިޔާސީ ޕާޓީއެއް ގާނޫނު އަސާސީއެއް ހަދިޔާ ކުރެއްވި ވާހަކަ އެވެ.

" ގާނޫނުއަސާސީ ބޮޑުކޮށްގެން ބޮޑެތި ފޮތް ހިފައިގެން ތަންތަނަށް ދިއުން.މިކަހަލަ ކަންތައްތައް ކުރާތަން އަޅުގަނޑުމެންނަށް ސިޔާސީ ޕާޓީތަކުން ފެނިގެން މިދަނީ" ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދިން ދައުވަތާ ގުޅޭގޮތުން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ މީގެކުރިން މަޝްވަރާކުރައްވަން ވަޑައި ނުގަތް ހުށަހަޅުއްވަނީ ޝަރުތު ކަމަށެވެ.

ނަމަވެސް ޝަރުތެއް ނެތޭ ވިދާޅުވެ ދެއްވީ ވަރަށް ހައިރާން ކުރުވަނި ޖަވާބެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

" މިފަހަރު ޝަރުތެއް ކަނޑައެއް ނާޅުއްވާ. މިފަަހަރު ވިދާޅުވީ ސަރުކާރުގެ އިހުލާސްތެރި ކަމެއް ނެތޭ. އޭގެ އިތުރަށް ޕާޓީތަކުން މިފޮނުވާ ސިޓީތަކުގައި ވިދާޅުވަނީ ދައުލަތުގެ ބަޖެޓުން ފައިދާހުރި ކަމަކަށް ބޭނުންކުރާ ތަނެއް ނުފެނެއޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ދެން ރައީސްގެ ވާހަކަ އަމާޒު ކުރެއްވީ މީގެ ކުރިން ސަރުކާރުތަކުން ކަނޑައަޅާ ބަޖެޓްތަކާ އެކަށީގެންވާ މިންވަރުގެ ތަރައްގީއެއް ފެނިފައި ނުވާ ވާހަކަފުޅަށެވެ.

ރައީސް ވިދާޅުވީ ކުރިންވެސް 17 ބިލިއަން 16 ބިލިއަނުގެ ބަޖެޓް ފާސްކުރާ ކަމަށެވެ.

މިހާރުގެ ސަރުކާރުން ބަޖެޓުގައި ޖަހާފައިވާ ފައިސާ އެކަމަކަށް ބޭނުން ކުރަމުންދާ ކަމަށާއި އެކަން ފެނިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ގިނަ މަސައްކަތްތައް ކުރަނީ ބަޖެޓުގެ ފައިސާއިން ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާ ތަރައްގީ ކުރަނީ ބަޖެއްޓް ފައިސާއިން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް