މެރިޓައިމް އެކަޑަމީީ އޮފް މޯލްޑިވްސް ގެ ބިޒްނަސް ސްކޫލު އިފްތިތާހުކޮށްފި

މެރިޓައިމް އެކަޑަމީީ އޮފް މޯލްޑިވްސް ގެ ބިޒްނަސް ސްކޫލު އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ/ ޕުރޯލައިޓްސުޓޫޑިއޯ

ކަނޑުދަތުރުފަތުރާ ބެހޭ ތަފާތު ކޯސްތައް ރާއްޖޭގައި ހިންގަމުންދާ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (އެމްއޭއެމް) އިން މުޅިން އަލަށް ބިޒްނަސް ސްކޫލެއް ގާއިމުކޮށް އެ ސްކޫލް ރޭ އިފްތިތާހުކޮށްފިއެވެ.

ނެޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބިޒްނަސް ސްކޫލް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްﷲ ނަޒީރުއެވެ.

އެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒީހު ވިދާޅުވީ ތައުލީމީ ދާއިރާއަށް އަލަށް ކަނޑައަޅައިފައިވާ މެނިފެސްޓޯގެ ދަށުން 2022 ވަނަ އަހަރު އަންނައިރު ސަރުކާރުގެ އަމާޒަކީ މަތީ ތައުލީމު ރާއްޖޭގައި އުނގެނޭ ކުދިންގެ އަދަދު 22000 އަށް އިތުރުކުރުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވެވެނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އެހެންކަމުން ސަރުކާރުން ޕްރައިވެޓް އަދި ޕަބްލިކް ޔުނިވާސިޓީ ކޮލެޖްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

މެރިޓައިމް އެކަޑަމީީ އޮފް މޯލްޑިވްސް ގެ ބިޒްނަސް ސްކޫލު އިފްތިތާހުކުރުން----ފޮޓޯ/ ޕުރޯލައިޓްސުޓޫޑިއޯ

"އަޅުގަނޑުމެން މިހާރު ތަންފީޒު ކުރުމަށް ފައްޓާ މާސްޓާ ޕްލޭންގެ ވަރަށް ބޮޑު އަމާޒެއް 2022 ވަނަ އަހަރު އަންނައިރުގައި މިރާއްޖޭގެ މަތީ ތައުލީމުގައި ޕާޓިސިޕޭޓް ކުރާ މިންވަރު 22000 އަށް އިތުރުކުރުން. އެހެންވީމާ އެފަދަ ބޮޑު އަދަދާކާ ހަމައަށް ދެވޭނީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން. ސަރުކާރުން ވަރަށް ބޮޑަށް ވިސްނަވާ ޕްރައިވެޓް އަދި ޕަބްލިކް ޔުނިވާސިޓީ ކޮލެޖްތަކުގެ ކެޕޭސިޓީ އިތުރުކުރުން،" ޑރ. ނަޒީރު ވިދާޅުވިއެވެ.

މެރިޓައިމް އެކަޑަމީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވަލް 3 ،4 އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ވެސް ހިމެނޭ ހިމެނޭކަމަށް އެމްއޭއެމް އިން ބުންޏެވެ. އެމްއޭއެމް އިން ބުނީ ސެޓްފިކެޓް 3 ގެ ކޯސްތަކަކީ ފަސް މަސް ދުވަހުގެ ދިގުމުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އަދި ސެޓްފިކެޓް 4 އަދި ޑިޕްލޮމާ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއްއަހަރުގެ މުއްދަތަކަށް ކަމަށެވެ.

އެ ކޯސްތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖްމަންޓް، އާލީ ޗައިލްޑް ހޫޑް، ޓްރެވަލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް ހިމެނެ އެވެ.

ޑިޕްލޮމާ އިން އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް ކޯހަކީ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް އިން ޑިވެލޮޕް ކޮށްފައިވާ މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސްގެ ކޯހެއް ކަމަށް ވެސް އެމްއޭއެމް އިން ބުންޏެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުގެ ކިޔެވުން ބައްޓަން ކޮށްފައިވަނީ ވީހާވެސް ތާފާތުގޮތަކަށް ޒަމާނީ ވިސްނުން އެކުލެވިގެން ކަމަށް އެމްއޭއެމް އިން ބުންޏެވެ.

ކޮންމެ އަހަރަކުވެސް ފަސް ކުދިިންނަށް އެ ސްކޫލުން ހިލޭ ސްކޯލާޝިޕެއް ދިނުމެއް އަހަޖެހިފައިވާ ކަމަށް ވެސް އެމްއޭއެމް އިން ބުންޏެވެ.

އެމްއޭއެމް ސްކޫލުގެ ކޯސްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު އެ ސްކޫލުގެ ވެބްސައިޓުން ލިބޭނެކަމަށް އެމްއޭއެމް ސްކޫލުން ބުންޏެވެ.

comment ކޮމެންޓް