މިއީ ހަމަ މަހީމާތަ؟

މަހީމާ ޗައުދްރީ އަކީ ހަމަގައިމުވެސް ބޮލީވުޑަށް ލޯބިކުރާ ފަރާތްތަކަށް އައު ނަމަކަށް ނުވާނެ އެވެ. އޭނާ އަކީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ދެހާހުގެ ކުރީކޮޅުގައި ވިދުން ގަދަ ފަންނާނެކެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު މަހީމާ ބޮލީވުޑަށް ނުކުތީ ފިލްމު 'ޕަރްދޭސް' އިންނެވެ. ޝާހްރުކް ޚާން އާއެކު އެ ފިލްމުން ފެނިގެން ދިޔަ އެ ފިލްމުން މަހީމާ ވަނީ އެންމެ މޮޅު އައު ބަތަލާގެ އެވޯޑު ވެސް ހޯދައިފައެވެ.

އޭގެ ފަހުން މަހީމާ ވަނީ 'ދިލް ކިޔާ ކަރޭ'، 'ދަޅްކަން' އަދި 'ބާގްބާން' ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައެވެ. ނަމަވެސް އެއަށްފަހު އޭނާގެ މާ ކާމިޔާބު ފިލްމުތަކެއް ނުފެނި، މަހީމާ ވަނީ މަޑުމަޑުން ގޮސް ކެމެރާގެ ކުރިމަތިން ގެއްލިފައެވެ.

އެހެން ނަމަވެސް މި ހަފްތާގެ ތެރޭގައި ބައެއް ކެމެރާތަކަށް މަހީމާ މިވަނީ އަރައިފައެވެ. ކަޅު ހެދުމެއްގައި މުމްބާއީގެ މަގުމަތިން މަހީމާ ފެނުނު އިރު، ގިނަ ބަޔަކު ތިބީ އެއީ މަހީމާ ކަމަށް ގަބޫލު ނުކުރެވިފައެވެ.

މި މަހުގެ 13 ވަނަ ދުވަހު 44 ވަނަ އުފަންދުވަސް ފާހަގަ ކުރި މަހީމާ މިހާރު ވަނީ ވަރަށް ބޮޑަށް ފަލަވެފައެވެ. އަދި އެ އުމުރުގެ އެހެން ފަންނާނުންނާ ޚިލާފަށް މަހީމާގެ މޫނުމަތިން ވަރަށް ބޮޑަށް ދުވަސްވެފައިވާ ކަމުގެ އަސަރުތައް ފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މަހީމާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ބެންގޯލީ ފިލްމު 'ޑާކް ޗޮކްލެޓް' އިންނެވެ.

މަހީމާ އާއި ވިޔަފާރިވެރިޔާ ބޮބީ މުކަރްޖީ ކައިވެނި ކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. އަދި ދެމީހުންގެ އަށް އަހަރުގެ އަންހެން ކުއްޖަކު ވެސް މިހާރު އެބަހުއްޓެވެ.

comment ކޮމެންޓް