"ތުރީ އާރު" މުބާރާތުގެ ވަނަ ވަނަ އަށް އައި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްފި

ވަނަ އަށް ދިޔަ ސްކޫލުތަކުގެ ދަރިވަރުން އަދި މިނިސްޓަރުން އަދި އިސްވެރިން ފޮޓޯ އަށް ހުއްޓިލައިގެން. ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ސާފު ރާއްޖެ ސްކޫލްތަކުގެ ތްރީ އާރް މުބާރާތުގައި ވަނަ ވަނައަށް އައި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްފި އެވެ.

މިއަދު ދަރުބާރު ގޭގެ ހަކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވަނަތައް ހޯދި ސްކޫލްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމެވެ.

ޕްރައިމަރީ ސެކަންޑަރީ ދާއިރާ އިން ތިންވަނަ ސުކޫލަކަށް ދަރުމަވަންތަ ސްކޫލު ހޮވިފައިވާ އިރު ދެވަނަ ސްކޫލަކަށް ހޮވިފައި ވަނީ ލ. ކުނަހަންދޫ ސްކޫލެވެ. މި ކެޓަގަރީ އިން އެއްވަނަ ހާސިލްކޮށްފައި ވަނީ މ. މުލަކު ސުކޫލެވެ.

ނާސަރީ އަދި ޕްރީ ސުކޫލު ދާއިރާ އިން އެއް ވަނަ ސުކޫލަކަށް ހޮވިފައި ވަނީ އދ. ދިގުރަށު ސްކޫލެވެ. މުބާރާތުގެ 'ގްރޭންޑް ޕްރައިސް' ލިބިފައި ވަނީ މުލަކު ސުކޫލަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ އެ މުބާރާތަކީ ގައުމީ "ތުރީ އާރު" ދުވަސް (ރިޑިއުސް، ރީ ސައިކަލް އަދި ރީ ޔޫސް) ފާހަގަކުރުމުގެ ގޮތުން ސްކޫލުތަކަށް ހުޅުވައިލައިގެން ބޭއްވި މުބާރާތެއް ކަމަށާއި މުބާރާތުގެ މަގްސަދު ހާސިލުވެއްޖެ ކަމަށެވެ.

"މުބާރާތުގެ މައިގަނޑު މަގްސަދަކީ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖުކުރުން. ރާއްޖެއަކީ ސާފު ރާއްޖެއަކަށް ހެދުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް މި ސަރުކާރުން ކުރައްވާނެ. ފުރޮޅަން ޖެހޭ ހުރިޙާ ގަލެއް ފުރޮޅައި އެކަން ކުރާނެ. މި މަސައްކަތް އަމަލީ ގޮތުން ދައްކަމުން މިގެންދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

މުބާރާތުގަ ވަނަ ވަނަ އަށް އައި ސުކޫލުތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް އަދި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމެވެ.

ވަނަ އަށް ދިޔަ ސުކޫލަށް ހަނދާނީ ފިލާ ހަވާލުކޮށްދެނީ. ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ވަނަ އަށް ދިޔަ ސުކޫލަށް ހަނދާނީ ފިލާ ހަވާލުކޮށްދެނީ- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއާ އަދި ޕެސެފިކް ރީޖަނަލް ތުރީ އާރު ފޯރަމުގައި ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 16 ވަނަ ދުވަހަކީ ގައުމީ ތުރީ އާރު ދުވަސް ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް