'ދިލް ޗަހަތާ ހޭ'ގެ އޮރިޖިނަލް ކާސްޓުގައި އާމިރު ނުހިމެނޭ!

ދެހާސް އެއްވަނަ އަހަރު ރިލީޒް ކުރި ފަރްހާން އަޚްތަރުގެ ޑައިރެކްޝަން، 'ދިލް ޗަހަތާ ހޭ' އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އާމިރު ޚާން، ސައިފް އަލީ ޚާން އަދި އަކްޝޭ ޚަންނާ ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމު ބެލުންތެރިންގެ މެދުގައި އަދިވެސް ވަރަށް މަގުބޫލެވެ.

ފިލްމު ކާމިޔާބު ވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ފިލްމުގެ ކާސްޓެވެ. ލީޑު ކެރެކްޓަރުން އެމީހެއްގެ ރޯލު އަދާކުރީ ވަރަށް ފުރިހަމައަށެވެ. ނަމަވެސް ފިލްމަށް ފެނިގެން ދިޔައީ ފިލްމަށް ފުރަތަމަ ހަމަޖެއްސި ކާސްޓެއް ނޫނެވެ.

ފިލްމުގެ ޑައިރެކްޓަރު ފަރްހާން މިވަނީ ނޯފިލްޓާނޭހާ ޓޯކް ޝޯވ ގައި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. ޝޯގައި މައިގައިނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ވެސް އެ ފިލްމާއި ގުޅޭގޮތުންނެވެ.

ފަރްހާން ބުނީ ފިލްމުގެ ލީޑުގެ ގޮތުގައި އޭނާ ފުރަތަމަ ހަމަޖެއްސީ އަކްޝޭ ޚަންނާ ކަމަށެވެ. ފިލްމުގައި އަކްޝޭ އަކީ މެއިން ކެރެކްޓަރެއް ނަމަވެސް، ލީޑު ރޯލުން ފެނިގެން ދިޔައީ އާމިރު އެވެ. އާމިރު ފެނިގެން ދިޔަ 'އާކާޝް'ގެ ރޯލަށް ފަރްހާން ހަމަޖެއްސީ އަކްޝޭ އެވެ. ނަމަވެސް އަކްޝޭ އެންމެ ފަހުން ކުޅުނީ 'ސިދާރްތު'ގެ ރޯލެވެ. ސައިފް ފެނިގެން ދިޔައީ 'ސަމީރު' ގެ ރޯލުންނެވެ.

ނަމަވެސް މިއީ ފިލްމަށް ހަމަޖެއްސި އޮރިޖިނަލް ކާސްޓެއް ނޫނެވެ. ފަރްހާން ބޭނުންވީ 'ސިދާރްތު' ގެ ރޯލަށް ރިތިކް ރޯޝަން އަދި 'ސަމީރު'ގެ އަބީޝެކް ބައްޗަން އެވެ.

ފިލްމަށް ފަރްހާން ބޭނުންވި ކާސްޓު ހަމަނުޖެހުނު ނަމަވެސް، ފިލްމު ވެގެން ދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ. އެހެންކަމުން އަބީޝެކް އާއި ރިތިކް ފިލްމުން ނުފެނުނު ނަމަވެސް ފަރްހާން އަށް ލިބުނު ގެއްލުމެއް ނެތެވެ.

comment ކޮމެންޓް