ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ

ކުޑަކުދިންގެ ބަގީޗާ ތަފާތު ފުރިހަމަކަމަކާއެކު މިއަދު ހުޅުވަން ނިންމައިފި--

ކުޑަކުދީންގެ ބަގީޗާ، ތަފާތު ފުރިހަމަކަމަކާއެކު މިއަދު ހުޅުވަން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ކުޑަކުދިންގެ ބަގީޗާ ބަންދު ކުރީ އެތަން އިތުރަށް ފުރިހަމަކޮށް މަރާމާތުކުރުމަށެވެ.

ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަން ނިންމި ނަމަވެސް އެތަނުގެ މަސައްކަތް އަދިވެސް އެއްކޮށް ނިންމާނުލެވޭކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ކުޑަ ކުދިންގެ ބަގީޗާ މިއަދު ހަވީރު ހުޅުވިކަމުގައި ވިޔަސް އެތަނުގެ މަސައްކަތް އެއްކޮށް ނިމެންދެން ބަގީޗާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުވެސް 4:00 އިން 6:00 އާ ހަމަޔަށް ކަމަށެވެ.

ކުޑަކުދިންގެ ބަގީޗާގެ މަސައްކަތް އެއްކޮށް ނިމުމުން ހާއްސަ ރަސްމިއްޔާތަކާއެކު ބަގީޗާ ހުޅުވަން ނިންމާފައިވާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް