އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގުގެ ސެމީގެ މެޗުތައް މާދަމާ ފަށަނީ

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން: އެ މުބާރާތުގެ ސެމީގެ މެޗުތައް މާދަމާއިން ފެށިގެން ކުރިއަށްދާނެ --- ފޮޓޯ/ ވީއޭއެމް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ މެޗުތައް މާދަމާ ފެށިގެންދާނެއެވެ.

ކުއާޓާ ފައިނަލުގެ މެޗުތަކަށްފަހު ސެމީގެ ޖާގަތައް ހޯދާފައިވަނީ ޒޯން އެކެއްގެ ޗެމްޕިއަން ގްރޭންޑްޕާކް ކޮށްދިއްޕަރާއި ޒޯން ފަހެއްގެ ރަނަރަޕް އަނަންތަރާއާއި ޒޯން އެކެއްގެ ރަނަރަޕް ބަނޑޮސް މޯލްޑިވްސްއާއި ޒޯން ފަހެއްގެ ޗެމްޕިއަން ސޮނޭވާފުށްޓެވެ.

މާދަމާ ކުޅޭ ސެމީގެ ފުރަތަމަ ލެގު މެޗުގައި ބައްދަލުކުރާނީ ކޮށްދިއްޕަރާއި އަނަންތަރާއެވެ. މާދަމާ ހަވީރު 4:15ގައި ކުޅޭ އެ މެޗު ކުރިއަށްދާނީ ހުޅުމާލޭގައެވެ. އަންނަ ހޮނިހިރު ދުވަހު ހަވީރު 4:15ގައި ބަނޑޮހާއި ސޮނޭވާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބަނޑޮހުގައެވެ.

އަންނަ އާދީއްތަ ދުވަހު 4:15ގައި އަނަންތަރާއާއި ކޮށްދިއްޕަރު ބައްދަލުކުރާ ސެމީގެ ދެވަނަ ލެގު މެޗު ކުރިއަށްދާނީ ކޮށްދިއްޕަރުގައެވެ. އަދި އަންނަ ހޯމަ ދުވަހު 4:15ގައި ސޮނޭވާއާއި ބަނޑޮސް ބައްދަލުކުރާ މެޗު ކުރިއަށްދާނީ ސޮނޭވާފުށީގައެވެ.

އެ މުބާރާތުގެ ސެމީގެ ދެ ލެގު މެޗަށްފަހު ކުރި ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަތައް ލިބިގެންދާނެއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް