ނައިޓް މާކެޓް އަންނަ ނޮވެމްބަރު މަހު 15 ގައި

ނައިޓް މާކެޓާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ބޯޑު މެމްބަރު އަބްދުލް މާނިއު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބާއްވަމުން އަންނަ ނައިޓްް މާކެޓް މި އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައި ބާއްވަން ނިންމައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ބޯޑު މެމްބަރު އަބްދުލް މާނިއު ވިދާޅުވީ މިފަހަރު ނައިޓް މާކެޓް ބާއްވަނީ މާލޭގެ ސިނާއީ ސަރަހައްދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން އަހަރެކޭވެސް އެއްގޮތަށް ބާއްވާ އެ ނައިޓް މާކެޓަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ވިޔާފާރިވެރިންގެ ފަރާތުން ލިބުނުކަމަށެވެ.

ނައިޓް މާކެޓްގައި ބައިވެރިވުމަށް ނަންނޯޓްކުރުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލައި މިއަދަށް މުއްދަތު ހަމަވެފައިވާއިރު އަންދާޒާ ކުރިވަރަށް ވުރެ ގިނަ ބަޔަކު ބައިވެރިވާން ހުށަހެޅި ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ބުންޏެވެ.

ނޮވެމްބަރު މަހު ބާއްވާ ނައިޓްމާކެޓްގައި މޭޒެއް ވިއްކުމަށް ހަމަޖެހިފައިވަނީ 5750 ރުފިޔާގެ މަގުންކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުންޏެވެ.

އެ ނައިޓްމާކެޓްގައި ބަހައްޓާނެ މޭޒުގެ އަދަދު އަދި ކަނޑައަޅާފައިނުވާ ކަމަށާއި އެކަމާ ގުޅޭ ސާވޭތައް މިހާރުވެސް ކުރަމުންދާ ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ބުންޏެވެ.

"އަޅުގަނޑުމެން ސިނާއީ ސަރަހައްދު ސާވޭކުރަމުން މިހާރު މިދަނީ. އެހެންވެ އަދި އަޅުގަނޑުމެންނަކަށް ކަނޑައެއް ނޭޅޭ ކިތައް މޭޒު ކަމެއްް. އަޅުގަނޑުމެއް މިބަލަނީ ވީހާވެސް ގިނަބަޔަކަށް ފުރުސަތު ދެވޭތޯ" މާނިއު ވިދާޅުވިއެވެ.

comment ކޮމެންޓް