އުރީދޫ ''އަތޮޅު ދުވުން'' ގޭމް ކުޅެގެން މިމަހު އެއްވަނައަށް ދާ ފަރާތަކަށް މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫގެ ފަރާތުން އެ މުބާރާތުގެ އެއްވަނައަށް ބައިސްކަލެއް ދަނީ މި މަހުގެ ޕާޓްނަރު އެލް މޮބައިލްސްއެވެ.
އަތޮޅު ދުވުން ގޭމަކީ އުރީދޫ މޯލްޑިވްސްގެ 2024ގެ ކަލަންޑަރާއެކު ތައާރަފު ކުރި ގޭމެކެވެ. މިއީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ ކެޝުއަލް ރަނިން ގޭމެވެ.
މި ގޭމު ކޮންމެ މަހަކު ކުޅެގެން ލީޑަބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އަގުހުރި އިނާމުތައް ލިބެއެވެ. ނޮވެމްބަރު މަހު މިގޭމުގައި ފެންނާނީ ފުވައްމުލަކު ސިޓީއެވެ.
މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކްވާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކުއެވެ.
އުރީދޫ ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. މިއަހަރުގެ ކަލަންޑަރާއި ގޭމް ތައްޔާރުކުރީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.