މިލަންދުއަށް ބޯކޮށް ވާރެވެހި ގެތަކަށް ފެންވަދެއްޖެ

ށ. މިލަންދޫއަށް މިއަދު ކުރި ވިއްސާރާގަި ފެންބޮޑުވެފައި --- ފޮޓޯ: މިލަންދޫ ކައުންސިލް

ށ. މިލަންދުއަށް ބޯކޮށް ވާރެވެހި މުޅި ރަށުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ގެއްލުން ތަކެއް ލިބެއްޖެއެވެ.

މިލަންދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާމް "ސަން" އަށް ވިދާޅުވީ ރޭ ފަތިހުން ފެށިގެން ހުއްޓާނުލައި ވެހުނު ވާރޭގެ ސަބަބުން މުޅި ރަށުގައި އޮތީ ފެން ބޮޑުވެފައި ކަމަށާއި ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ފަތިހުން ފެށިގެން ބޯކޮށް ވެހުނު ވާރޭ މެންދުރުން ފެށިގެން ތުނި ވެފައިވާ ކަމަށާއި ގެއްލުން ލިބުނު ގެތަކަށް އެހީވުމުގެ މަސަތްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

ށ. މިލަންދޫއަށް މިއަދު ކުރި ވިއްސާރާގަި ފެންބޮޑުވެފައި --- ފޮޓޯ: މިލަންދޫ ކައުންސިލް

"އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން މިދަނީ އާންމު ރައްޔިތުންނާއި ފުލުހުންނާ ގުޅިގެން ފެންވަންނަމުންދާ ގެތަކުގެ ކައުރީގައި ވެލި ބަސްތާ ޖަހައި ގޭގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް މުދާތައް ފެންނުޖެހޭނެހެން ސަލާމަތްކޮށްދިނުމުގެ މަސަތްކަތް ކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން 40 އަށްވުރެން ގިނަ ގެތަކަށް ފެން ވަދެފައިވާ ކަމަށާއި ޕަންޕު ޖަހައިގެން ރަށުތެރެއިން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ށ. މިލަންދޫއަށް މިއަދު ކުރި ވިއްސާރާގަި ފެންބޮޑުވެފައި --- ފޮޓޯ: މިލަންދޫ ކައުންސިލް

މިލަންދުއަށް ބޯކޮށް ވާރެވެހި ފެންބޮޑުވެފައިވާއިރު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މެޓު އޮފީހުން ބުނީ ހއ. އިން ފެށިގެން ލ. އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ގަޑިއެކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

comment ކޮމެންޓް