ދިވެހި ހައްޖާޖީން ދަތުރުކުރި ބަހަކުން ދުންއަރާތީ، އެ ބަހުން މީހުން ހުސްކޮށްފި

މިއަދު މައްކާއިން މަދީނާއަށް ދަތުރުކުރަނިކޮށް އިންޖީނު ދޮންބޮޑުވެ ދުންއެރި ބަސް --- ފޮޓޯ/ ހަސަން ޝުޖާއު

ދިވެހި ހައްޖުވެރިން މަދީނާއަށް ދިއުމަށް ދަތުރުކުރި ބަހެއްގެ އިންޖީނު، ދޮންބޮޑުވެ ދުން އަރަން ފެށުމުން ހައްޖާޖީން އެހެން ބަހަކަށް ބަދަލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ރިޒާ 'ސަން'އަށް ވިދާޅުވީ މިއަދު މައްކާއިން މަދީނާ އަށް ދަތުރުކުރަމުން ދިޔަ ސިސިލްފަރު ޖަމާއަތުގެ ހައްޖާޖީން ދަތުރުކުރަމުން ދިޔަ ބަހުގު އިންޖީން ދޮންބޮޑުވެ ދުން އަރަން ފެށުމުން ހައްޖާޖީން އެހެން ބަހަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ރިޒާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އާންމުކޮށް އެފަދަ ހާދިސާތައް ހިނގާކަންފާހަގަކޮށް ރިޒާ ވިދާޅުވީ ދިގު ދަތުރުތަކުގައި އެފަދަ ހާދިސާ ހިނގާ ކަމަށެވެ.

މައްކާއިން މަދީނާއަށް އާންމު ގޮތެއްގައި ބަހެއްގައި ދެވެނީ ހަތަރެއް ނުވަތަ ފަސް ގަޑިއިރުންކަން ފާހަގަކޮށް ރިޒާ ވިދާޅުވީ އެ ދޭތެރޭގެ ދަތުރުގެ ދިގުމިން ބިނާވެފައި ވާނީ ބަހުގައި ދަތުރުކުރާ މީހުނަށް ބަލައި ހުއްޓާ ވަގުތަށް ބަލާފައި ކަމަށެވެ.

ރާއްޖޭން މިއަހަރު 1،000 ހައްޖުވެރިން ހައްޖަށް ގޮސްފައިވާއިރު ހުރިހާ ހައްޖާޖީންގެ ހާލު ވެސް ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށް ރިޒާ ވިދާޅުވިއެވެ.

comment ކޮމެންޓް