Sun Online

ކަރަންޓު ބިލުގެ ޙައްލު މިއޮތީ!

މިއަދު ދިވެހީންގެ ދިރިއުޅުމުގެ ޚަރަދުތައް މިވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ލިބޭ އެއްޗަކަށްވުރެ ޚަރަދުކުރަން ޖެހޭވަރު ގިނަވެ، އަނގަޔާއި އަތް މިވަނީ ދިމާނުވެފައެވެ. ޢާއިލާއެއްގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް، ޢާއިލާ އެންމެން މަސައްކަތް ކޮށްގެންވެސް ފުއްދާލެވެނީ ހަމަ ކިރިޔާއެވެ.

ކަން މިހެން އޮތްއިރު، ކަރަންޓުބިލު ފަދަ އިތުރު ފީތައް ދައްކައި ނިމޭއިރު މީހާ އޮންނަނީ ދަރަނިވެރިވެފައެވެ. ކަރަންޓުގެ އަގު ބޮޑުކަމުގެ ޝަކުވާއަކީ މިއަދު އެންމެންވެސް ކުރާ ޝަކުވާއެވެ. ކަރަންޓު ބިލަށް ދައްކަން ޖެހޭ ވަރު ކުޑަކުރެވޭނެ ގޮތަކާ މެދު އެންމެންވެސް ފިކުރުކުރެއެވެ.

ކަރަންޓު ޚަރަދާއި ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރެވޭނެ ވަސީލަތް ލިންކްސާރވްއިން މިހާރު މިވަނީ ޤާއިމްކޮށްދީފައެވެ. ސޯލާއާއި ކަރަންޓު އެކުގައި ބޭނުން ކުރުމުން، މަހެއްގެ މައްޗަށް ކަރަންޓު ބިލަށް އަރާ މިންވަރު އެތައްގުނައަކަށް ކުޑަކޮށްލެވިދާނެއެވެ.

މިހާ ހިސާބުން ސުވާލު އުފެދެނީ، އަނގަޔާ އަތާ ދިމާނުވެގެން އުޅޭ އިރު ސޯލާރ ސިސްޓަމެއް ހަރުކުރާނެ ފައިސާ ވަކި ހޯދާނީ ކޮންތަނަކުންތޯއެވެ؟

އެއީ އަގުބޮޑު ވަސީލަތެކޭ ހިތަށް އަރާނެއެވެ. ނަމަވެސް މިކަމާ ހާސްވާން ނުޖެހޭވަރަށް ޖީބަށް ލުއިވާނެ އިންތިޒާމު ލިންކްސާރވް އިން މިވަނީ ޤާއިމްކޮށްދީފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކާއި، އެމް.އެފް.އެލް.ސީގެ އިންސްޓޯލްމަންޓް ސްކީމު މެދުވެރިކޮށް ސޯލަރ ސިސްޓަމް މިހާރު ލިންކްސާރވް އިން ވިއްކާ ހަރުކޮށްދޭއިރު ދިގު މުއްދަތަކަށް ވޮރަންޓީ ދެއެވެ.

ސޯލަރ ސިސްޓަމެއް ގަނެ ހަރުކުރުމަށް ލިންކްސާރވް އިން މިހާ ލުއި އިންތިޒާމެއް ޤާއިމްކުރުމުން މިކަމުގެ ފައިދާ އެންމެ އާދައިގެ ދިރިއުޅުން އުޅޭ ފަރާތްތަކަށްވެސް ކުރާނެއެވެ.

ޢިމާރާތުގެ ލިފްޓް ފަދަ ތަކެތި ހަމައެކަނި ސޯލާއިން ހިންގާލުމަކީ ކަރަންޓު ޚަރަދަށް ލިބިގެންދާނެ ހީނުކުރާފަދަ ބޮޑު ލުޔެކެވެ. ގެސްޓްހައުސްތަކުގައި ސޯލާރ ސިސްޓަމް ޤާޤިމް ކުރުމަށް ޚާއްސަ ޕެކޭޖުތަކެއް ލިންކްސާރވް އިން މިވަނީ ޤާއިމްކޮށްފައެވެ.

އާދައިގެ ގެތަކުގައިވެސް މި ނިޒާމު ޤާއިމުކޮށް ކަރަންޓު ޚަރަދު ކުޑަކުރުމަށްޓަކައި، ލިންކްސާރވްގެ ނަމްބަރު 3003000 ގުޅާލައިގެން ނުވަތަ 7772093 އަށް މެސެޖް ކޮށްލައިގެން ކަރަންޓުބިލުގެ ޙައްލު އަވަހަށް ލިބިގަންނަންވީއެވެ.

infinity loading...
×
DB released 01.