މިއަދު ހަވީރު ކުޅުނު މެޗުތަކުން އައިޔޫއެމް، ޕޮލި ޓެކްނިކް އަދި މެޕްސް މޮޅުވެއްޖެ

އެމްއެންޔޫއެސްޔޫ އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން--ފޮޓޯ/ ސަންފޮޓޯ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ގުރޫޕް ސްޓޭޖުގައި މިއަދު ކުޅުނު މެޗުތަކުން އައިޔޫއެމް، ޕޮލިޓެކްނިކް އަދި މެޕްސް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މެޗުތައް ކުޅެފައިވަނީ މާފަންނު ވެލިދަނޑުގައެވެ.

މިއަދުގެ ފުރތަމަ މެޗް އަދި މުބާރާތުގެ 9 ވަނަ މެޗުގައި ވާދަކޮށްފައިވަނީ މެޕްސް އަދި މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. އެ މެޗު މެޕްސް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މެޕްސް ގެ ޝައްމާހު އެވެ.

މުބާރާތުގެ 10 ވަނަ މެޗުގައި މިއަދު ހަވީރު ކުޅެފައިވަނީ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަދި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއެެވެ. އެ މެޗު އެމްއެންޔޫއިން ކާމިޔާބުކުރީ 5-1 ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މުހައްމަދު ފަޒީހުއެވެ.

11 ވަނަ މެޗަށް ބަލަޢިރު އެ މެޗުގައި ވާދަކޮށްފައިވަނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ އަދި މޯލޑިވްސް ޕޮލިޓެކްނިކެވެ. މެޗު ޕޮލިޓެކްނިކް އިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މިއަދު ހަވީރު ކުޅުނު އެންމެ ފަހު މެޗުގައި ވާދަކޮށްފައިވަނީ ސައިރިކްސް އަދި އެމްއެންޔޫ ބިޒްނަސް ސްކޫލެވެ. އެ މެޗު ނިމުނީ ދެ ޓީމް 1-1 ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މުބާރަތުގައި 18 ޓީމް ވާދަކުރާއިރު މުބާރާތުގެ ކުޅުން މިރޭ ކުރިއަށްދާނެއެވެ. މިރޭ 20:00 މެޗުތައް ފަށާއިރު މުބާރާތް ކުރިއަށްދަނީ މާފަންނު ވެލި ދަނޑުގައެވެ.

comment ކޮމެންޓް