ޕަރިނީތީގެ އިތުރު ލަވައެއް ވަރަށް އަވަހަށް ރިލީޒް ކުރާނެ

ފިލްމު 'މޭރީ ޕިޔާރީ ބިންދޫ' އަށް ކިޔައިދިން ލަވައަށް ފަހު އޭނާގެ އިތުރު ލަވައެއް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށް ޕަރިނީތީގެ ބުނެފިއެވެ.

އެ ފިލްމަށް ޕަރިނީތީ ކިޔައިދިން 'މާނާ ކެ ހަމް ޔާރް ނެހީ' އިން އޭނާ އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ގިނަ ބަޔަކު ވަނީ އޭނާގެ ލަވަކިޔުމަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ.

ޕަރިނީތީ ބުނީ 'މާނާ ކެ ހަމް ޔާރް ނެހީ' އަށް ހީނުކުރާ ވަރުގެ ތަރުހީބެއް ލިބުމުގެ ސަބަބުން، ޕްރޮފެޝަނަލްކޮށް ލަވަކިޔަން މިހާރު ވިސްނަމުން އަންނަ ކަމަށެވެ.

ރޯހިތު ޝެޓީގެ 'ގޯލްމާލް އަގެއިން'ގެ މަސައްކަތް ކުރަމުން އަންނަ ޕަރިނީތީ ބުނީ އެ ފިލްމަށް ލަވައެއް ކިޔަން ބޭނުންވާ ކަމަށާއި، އެ ވާހަކަ ރޯހިތު ގާތު ބުނެފައިވާނެ ކަމަށެވެ.

"އެކަމަކު މިހާރު މި އަންނަނީ އިތުރު ލަވައެއްގެ މަސައްކަތް ކުރަމުން. އަދި ރެކޯޑެއް ނުކުރަން. އެކަމަކު އެ ލަވަ ވަރަށް އަވަހަށް ރިލީޒް ކުރާނަން. ލަވަ ރީތި ވާނެ،" ޕަރިނީތީ ބުންޏެވެ.

comment ކޮމެންޓް