މާލީ ގެއްުލުމުގެ ސަބަބުން 'ސްނެޕްޗެޓް' ގެ ހިއްސާގެ އަގު ވެއްޓިއްޖެ

ސްނެޕްޗެޓް --- ފޮޓޯ: ގެޓީ އިމޭޖްސް

މަޝްހޫރު ސޯޝަލް މީޑިއާ ސްނެޕްޗެޓް އަށް ހުސްވި ކުއާޓަރުގައި މާލީ ގެއްލުމުގެ ގޮތުގައި 400 މިލިއަން ޑޮލަރު އަރާފައިވާތީ އެކުންފުނީގެ ހިއްސާގެ އަގުވަނީ 14 ޕަސެންޓް ވެއްޓިފައެވެ.

އެކުންފުނިން ހާމަކުރިގޮތުގައި ސްނެޕްޗެޓްގެ ކަސްޓަމަރުންގެ އަދަދުވެސް ވަނީ މަދުވެފައެވެ.

ސްނެޕްޗެޓްގެ އާމްދަނީ މަދުވާން ފެށި ހިސާބަކީ އެކުންފުނިން ސްޓޮކް މާކެޓްގައި ވިޔަފާރިކުރަން ފެށި ހިސާބުންކަމަށް ޓްރޭޑް އެނެލިސްޓުން ހާމަކުރެއެވެ.

ނަމަވެސް ދުވާލެއްގެ މައްޗަށް 173 މިލިއަން މީހުން ސްނެޕްޗެޓް ބޭނުންކުރާ ކަމުގައި އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު ހަތަރު ޕަސެންޓްގެ ކުރިއެރުމެކެވެ.

ނަމަވެސް ދުނިޔޭގައި އެންމެ ގިނަ މީހުން އަދިވެސް ބޭނުންކުރަމުން އަންނަ ފޭސްބުކްގެ މެސެންޖާ އެޕްލިކޭޝަންއަށް ވަނީ ސްނެޕްޗެޓްގައި ހިމެނޭ ފަދަ ފީޗާޒްތަކެއް އިތުރުކޮށްފައެވެ. މީގެ ސަބަބުން ސްނެޕްޗެޓްގެ ކަސްޓަމަރުންގެ އަދަދަށް ކޮންމެސްވަރެއްގެ ބަދަލެއްވަނީ އައިސްފައެވެ.

މާޗްމަހުގައި އިނިޝިއަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ) އަށް ހުޅުވާލާ ސްނެޕްޗެޓްގެ ހިއްސާއެއްގެ 17 ޑޮލަރުގެ މަގުން ވިއްކަމުން ދިޔަނަމަވެސް މިހާރު އެކުންފުނީގެ ހިއްސާއެއްގެ އަގު އުޅެނީ 14 ޑޮލަރަށްވުރެވެސް ތިރީގައެވެ.

comment ކޮމެންޓް