"ހައްދު"ގެ އޯޑިއޯ އަލްބަމާއެކު "ބީހިލާށޭ" ލަވަ ރިލީޒް ކޮށްފި

އޯގަސްޓް 6، 2017: ދިވެހި އާ ފިލްމް "ހައްދު"ގެ އޯޑިއޯ ލޯންޗް ކުރަން ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު ޑައިރެކްޓްކުރާ ދިވެހި ފިލްމު "ހައްދު"ގެ އޯޑިއޯ އަލްބަމް ރޭ ރިލީޒްކޮށްފިއެވެ.

ރޭ ސޯލްޓް ކެފޭގައި ބޭއްވި ހަފްލާއެއްގައި އެ ފިލްމުގައި ހިމެނޭ ހަ ލަވަ ވަނީ ރިލީޒްކޮށް، ސައުންޑްކްލައުޑަށް އަޕްލޯޑު ކޮށްފައެވެ. މިލަވަތަށް މިހާރު އެހުންތެރިންނާ ހަމައަށް ސައުންޑްކްލައުޑް މެދުވެރިކޮށް ލިބޭނެއެވެ.

މީގެ އިތުރުން މިފިލްމުގެ ލަވަތައް ދިރާގުގެ ޒަރީއާއިން މައިޓޯންސް މެދުވެރިކޮށް ވެސް ލިބެން ހުންނާނެއެވެ.

އޯގަސްޓް 6، 2017: ދިވެހި އާ ފިލްމް "ހައްދު"ގެ އޯޑިއޯ ލޯންޗް ކުރަން ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްދުގެ ލަވަތަކާ ބެހޭގޮތުން މިފިލްމުގެ ޑައިރެކްޓަރު ފައްތާހު ބުނީ މިހާތަނަށް އޭނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ހިތްގައިމު އަދި ހިތްފަސޭހަ ލަވަތަކެއް ހިމެނެނީ "ހައްދު"ގައި ކަމަށެވެ.

ފިލްމުގެ ހުރިހާ ލަވަތަކެއްގެ ޅެން ހަދާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)އެވެ. މުޅިންވެސް އަމިއްލަ ރާގުގެ މައްޗަށް އެކުލެވޭ، މިފިލްމުގެ ހުރިހާ ލަވަތަކެއް ކިޔާފައިވަނީ ތޭރަވާގެ އިތުރުން އޭނާގެ އަންހެނުން އަޝްފާއާއި އެ ދެމަފިރީންގެ ދަރިފުޅު އަލްސަންއެވެ.

އޯގަސްޓް 6، 2017: ދިވެހި އާ ފިލްމް "ހައްދު"ގެ އޯޑިއޯ ލޯންޗް ކުރަން ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގެ ހަފްލާގައި ފިލްމުގެ އޯޑިއޯ އަލްބަމް ލޯންޗުކުރުމުގެ އިތުރުން މިފިލްމުގެ ވީޑިއޯ ލަވައެއްވެސް ވަނީ ރިލީޒްކޮށްފައެވެ. "ބީހިލާށޭ"ގެ ނަމުން ނަންދެވިފައިވާ މި ހިތްގައިމު ލަވައިގެ މިއުޒިކް ހަދާފައިވަނީ އަބްދުﷲ އަބްދުލް ފައްތާހު (ފަތޯ) އެވެ.

އޯގަސްޓް 6، 2017: ދިވެހި އާ ފިލްމް "ހައްދު"ގެ އޯޑިއޯ ލޯންޗް ކުރަން ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިލަވައިން ފިލްމުގެ ލީޑުން ފެނިގެންދާ ޝިބާން އަދި ރިޝްފާގެ އިތުރުން ލަވަކިޔާފައިވާ ތޭރަވާ އާއި އަޝްފާ ފެނިގެންދެއެވެ.

comment ކޮމެންޓް