ގިނަ ބައެއްގެ ޖަޒުބާތާ ކުޅެލި ފޮޓޯ: "ހަތިޔާރު އެޅި އަޚުން، ރައްކާތެރިކަމަށް ޓަކައި"

އިންޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި މިއަދު ވައިރަލްވި ފޮޓޯ - "ހަތިޔާރު އެޅި އަޚުން، ރައްކާތެރިކަމަށްޓަކައި" -- ޓްވިޓާ ފޮޓޯ

މިއީ އިންޑިއާގެ ސްރީނަގަރުގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރުޕީއެފް) އިން އެ ފޯސްގެ ޓުވިޓާ އެކައުންޓުގައި މިއަދު ޝެއާކޮށްފައިވާ ދެ ފޮޓޯއެކެވެ.

ފޮޓޯގެ ކެޕްޝަންގައި "ހަތިޔާރު އެޅި އަޚުން، ރައްކާތެރިކަމަށް ޓަކައި" ލިޔެފައިވާ މި ދެ ފޮޓޯ އިން ފެންނަނީ، އާމީ ޔުނީފޯމުގައި ތިބޭ ޒުވާން ދެ އޮފިސަރުންނެވެ. އޭގެ ތެރޭން އެއް އޮފިސަރަކު ނަމާދުކުރަމުން ދާއިރު އަނެއް އޮފިސަރު ހުންނަނީ ރައިފަލަކާއި ބެޓަންއެއް ހިފައިގެން، ނަމާދުކުރާ އޮފިސަރުގެ ސަލާމަތާއި ރައްކާތެރިކަމުގައި ފޯރިމަރާށެވެ.

ފޮޓޯއިން ފެންނަ މަންޒަރު ވަނީ އެތަކެއް ބައެއްގެ ހިތްތަކާ ކުޅެލައިފަ އެވެ. އިންޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި މިއަދު އެތަކެއް ބައެއް އެ ފޮޓޯ ޝެއާކޮށް ކޮމެންޓްތައް ކޮށްފައިވެ އެވެ. ގިނަ މީހުން ކޮށްފައި ހުރީ ވަރަށް "ޕޮޒިޓިވް" ކޮމެންޓެވެ.

"ހަގީގީ އިންޑިއާ އަކީ މިއީ،" ބައެއް މީހުން ލިޔެފައި ހުއްޓެވެ. އިންޑިއާ އަކީ، ސުލްހަވެރިކަމާ އެކު، އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން އުޅެވޭ ފަދަ ގާބިލްކަން ހުރި ބައެއްކަން މިފޮޓޯ އިން ހާމަވާކަމަށް ގިނަ ބަޔަކު ލިޔެފައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ "ކަންޓްރީ ރިޕޯޓު އޮން ޓެރަރިޒަމް 2016"ގައިވާ ގޮތުން ސަލާމަތީ ކަންކަން އިންތިހާއަށް ވަރުގަދަކޮށްފައިވާއިރު ވެސް، އިންޑިއާގައި އަމަން ބެލެހެއްޓުމުގައި އެންމެ ބޮޑަށް ގޮންޖެހުން ކުރިމަތިވެފައިވާ ސްޓޭޓަކީ ޖައްމޫ އެންޑް ކަޝްމީރެވެ. މި ސަރަހައްދުތަކުގައި މިފަހަކަށް އައިސް ހަމަލާތައް ބަދަލުކުރުން 93 ޕަސެންޓް އިތުރު ވެފައިވެ އެވެ. އަދި އިންޑިއާއަށް ބަލާއިރު 19 ޕަސެންޓް ޓެރަރިސްޓް ހަމަލާތައް ބަދަލުކުރެވިފައި ވަނީ މި ސްޓޭޓުގަ އެވެ.

ކަޝްމީރުގެ ވާދީތަކުގައި ހަރަކާތްތެރިވާ ސީއާރުޕީއެފް އޮފިސަރުންނަކީ، މިފަދަ ހަމަލާތަކާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހޭ ފަރާތްތަކެވެ. އެގޮތުން، މި ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިސަރުން ދަތުރުކުރުމަށް ބޭނުންކުރާ ހަތަރު ފުރޮޅުލީ އުޅަނދުތަކަކީ، ވަޒަން ނާރާ ވެހިކަލްތަކަކަށް ހެދުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ ލަފާދީފަ އެވެ.

މި މިފޮޓޯ އިން ފެންނަނީ ހަމައެކަނި ހިމާޔަތް ދިނުމުގެ މަންޒަރެއް ނޫނެވެ. މިފަދަ ނުރައްކާތެރި މާހައުލެއްގައި ވެސް އިސްލާމްދީނުގެ އެންމެ ފުރަތަމަ ރުކުން އަދާކުރުމުގައި ކުޑަވެސް ފަސްޖެހުމެއް އަދި ފަރުވާކުޑަކުރުމެއް ނެތްކަން މި ޒުވާނުން ސާބިތުކޮށްދެނީ އެވެ.

comment ކޮމެންޓް