ފުލުހުން ހައްޔަރުކުރި ނޫސްވެރިންގެ ޝަކުވާތައް އެމްއެމްސީއަށް

ހައްޔަރުކުރި ނޫސްވެރިންނާއެކު އެމްއެމްސީގެ މެމްބަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްއެމްސީ

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި ރޭ ބޭއްވި އެއްވުން ކަވަރު ކުރަމުން ދަނިކޮށް ހައްޔަރުކުރި ނޫސްވެރިންނާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ފަރާތުން ބައްދަލު ކޮށްފި އެވެ.

ރޭ ބޭއްވި އެއްވުން ކަވަރު ކުރުމުގެ ތެރޭގައި ފުލުހުން ރޭ ހައްޔަރުކުރީ ސަންގު ޓީވީގެ ހަތަރު ނޫސްވެރިންނާއި ރާއްޖެ ޓީވީގެ ތިން ނޫސްވެރިންނެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އެ ނޫސްވެރިން ވަނީ ދޫކޮށްލާފައެވެ.

ހައްޔަރުކުރި ނޫސްވެރިން ބުނި ގޮތުގައި އެ މީހުން ހައްޔަރުކޮށް ފުލުހުން ވަނީ އަނިޔާ ވެސް ކޮށްފަ އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ވިދާޅުވި ގޮތުގައި، ހައްޔަރު ކުރި ނޫސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުކުރުމުގައި ރޭ ހިންގި ކަންތައްތަކުގެ މައުލޫމާތު ނޫސްވެރިންގެ ފަރާތުން ނަގައި އެ ނޫސްވެރިންގެ ޝަކުވާތައް ވެސް ހިއްސާ ކުރި ކަމަށެވެ.

ހައްޔަރުކުރި ނޫސްވެރިންނާއެކު އެމްއެމްސީގެ މެމްބަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްއެމްސީ

އެގޮތުން، އެއްވުން ކަވަރު ކުރުމަށް ނޫސްވެރިން ގެންގުޅުނު ސާމާނުތަަށް ގެއްލުންދީ އަނިޔާ ކުރި ކަމުގެ ޝަކުވާ ކުރި ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ނޫސްވެރިންތަކެއް ފުލުހުން ހައްޔަރު ކުރުމުން އެމްއެމްސީގެ މެންބަރުން ވަނީ ރޭ ދަންވަރުގެ ވަގުތުގައި ވެސް އެ ނޫސްވެރިންނާ ބައްދަލުކޮށް ހާލު ބަލާފަ އެވެ. އަދި ފުލުހުންގެ ކަމާ ގުޅޭ ބޭފުޅުންނާ ވެސް ބައްދަލުކޮށްފައިވެ އެވެ.

މީޑިއާ މެމްބަރު ވިދާޅުވީ، ފުލުހުންނާއެކުކައުންސިލުގެ ބޭއްވި ބައްދަލުވުންތަކުގައި ފުލުހުންނާއި މީޑިއާ ކައުންސިލާ ގުޅިގެން މިނިވަންކަމާއެކީގައި ނޫސްވެރިންނަށް މަސައްކަތްކުރުމުގެ ކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށެވެ.

comment ކޮމެންޓް