މެމްބަރު ސައުދު ހުސައިން ދޫކޮށްލައިފި

ވިލިނގިލި ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާ ކަމަށް ބުނާ ސައުދު ހުސައިން

ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގެ ތެރޭގައި ހުންނަވަނިކޮށް މިރޭ ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާ ކަމަށް ބުނާ ސައުދު ހުސައިން ދޫކޮށްލައިފިއެވެ.

ސައުދު ހައްޔަރުކުރަން ނެރެފައިވާ އެ އަމުރުގައި ބުނެފައިވާ ގޮތުން ސައުދު ހައްޔަރު ކުރީ ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަތް މައްސަލާގައިއެވެ. އޭނާ ހައްޔަރު ނުކޮށް، ބަހައްޓައިފިނަމަ މުޖުތަމައުއަށް ނުރައްކާވެ، ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް އެ އަމުރުގައިވެއެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުން ވައްޑެއަކީ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މީހެކެވެ.

ފުލުހުން އޭނާ ދޫކޮށްލެވުމާ އެކު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސައުދު ވިދާޅުވި ގޮތުގައި އޭނާ ދޫކޮށްލީ ކޯޓު އަމުރުގައި ހިމެނެން ޖެހޭ އިޖުރާއަތުގައި ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.

އެ އަމުރުގައިވާގޮތުން ސައުދު ހައްޔަރުކުރީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވާތީއެވެ.

ފުލުހުންގެ ސަފު ފޫއަޅުވާލައި، މަޖިލީހަށް ވަތް މެމްބަރުންނާއެކު ސައުދު ވެސް އިއްޔެ މަޖިލީހަށް ވަނެވެ. މަޖިލިސް މެމްބަރުން މަޖިލީހުގެ ގޯތިތެރެއިން ނެރުމަށް، ފުލުހުންނާއި ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. ބާރުގެ ބޭނުންކޮށްގެން ވައްޑެ ވެސް މަޖިލީހުން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގެ އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގޮންގޮސް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދޫކޮށްލާފަ އެވެ.

ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް ބުނާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ވަނީ ރޭ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް