އޮޔާދަމުންދިޔަ ދެއެތް ލަންކާގެ ކަނޑުގެ ސިފައިން ސަލާމަތްކޮށްފި

އޮޔާދަމުންދިޔަ ދެ އެތް ލަންކާގެ ކަނޑުގެ ސިފައިން ސަލާމަތްކުރަނީ

ކަނޑުގައި އޮޔާ ދަމުންދިޔަ ދެ އެތް ލަންކާގެ ކަނޑުގެ ސިފައިން ސަލާމަތް ކޮށްފިައވެ. ލަންކާ ސިފައިން ވަނީ މިމަހުވެސް އޮޔާދަމުންދިޔަ އެތެއް ސަލާމަތްކޮށްފައެވެ.

އެހާދިސާގައި އެތްތައް އައްސޭރިއަށް ގެންގޮސްފައިވަނީ ޑައިވަރުންނާއި ، ބޯޓާއި ވާ ބޭނުންކޮށްގެންނެވެ.

ބާރަ ގަޑިއިރަށް ދެމިގެންދިޔަ ރެސްކިއު އޮޕަރޭޝަންއަށް ފަހު ސިފައިން ވަނީ އެތްތައް ޖަންގަށްޔަށް ދޫކޮށްލައިފައެވެ. އެހާދިސާގައި އެ ދެއެތައް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

ސިފައިން ބުނިގޮތުގައި ބޮޑަށް ލަފާކުރެވެނީ އެއެތްތައް މޫދުގެ ތިލަ ހިސާބެއްގައި އުޅެނިކޮށް ފުން ހިސާބަކަށް އޮޅިގެން ދެވުނީ ކަމަށެވެ.

ސްރީލަންކާގައި އެތަކީ އެމީހުންގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވާ ޖަނަވާރެކެވެ.އެހެންނަމަވެސް މީހުން ދިރިއުޅުމަށާއި ދަނޑުވެރިކަމުގައި ބޭނުންކުރުމަށް ޓަކައި ގަސްތައް ކެނޑުމުގެ ސަބަބުން އެތުގެ އާބާދީ ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން އެތުގެ އާބާދީ ވަނީ 65 ޕަސެންޓަށް ދަށަށް ގޮސްފައެވެ. ވާރލްޑް ވައިލްޑް ލައިފް ފަންޑުން އަންދާޒާ ކުރާގޮތުގައި ސްރީލަންކާގެ އެތުގެ އާބާދީ މިހާރު އުޅެނީ 2500 އާ 4000 ދެމެދު އެވެ.

comment ކޮމެންޓް