ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތިޖޫރީ ވަގަށް ނެގުމަށް ފަހު ތިޖޫރީ ހިފައިގެން ބަޔަކު ފިލައިފި އެވެ.
ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ވައްކަން ކުރި މީހުން ތިޖޫރީ ހިފައިގެން ދިޔަކަން ފުލުހުންވެސް ޔަގީން ކޮށްދެ އެވެ.
އެމައްސަލައާ ގުޅިގެން އަދި އެެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައި ވާގޮތުން އެ ތިޖޫރީގައި ދެ ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ހުއްޓެވެ.