ފީނަންގޮސް އުޅެނިކޮށް ޑިކޯވި ތިނަދޫ މީހަކު އިތުރު ފަރުވާދިނުމަށް ޝަންގްރިއްލާއަށް ގެންގޮސްފި

ތިނަދޫއިން ފީނަންގޮސް އެޅެނިކޮށް ޑކޯވި މީހާއަށް ސިފައެިން އެހީތެރިކަން ފޯރުކޮށްދެނީ--ފޮޓޯ/ އެމްއެންޑީއެފް

ފުޅިއަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ގެންގޮސްފިއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވަ ގޮތުގައި ޝަންގްރިއްލާއަށް އިތުރު ފަރުވާއަށް ގެންގޮސްފައިވަނީ ގދ. ތިނަދޫ މުހައްމަދު ނަސީމްއެވެ. އޭނާއަކީ އެ ރަށު "98" ނަމަކަށް ކިޔާ ދޯންޏެއްގައި މަސައްކަތް ކުރާ ފަޅުވެރިއެކެވެ.

ތިނަދޫ ކައުންސިލް މެމްބަރު އަލީ އަމްޖަދު ވިދާޅުވީ ނަސީމް ފީނަން ދިޔައީ މީގެ ތިން ދުވަސް ކުރިން ކަމަށާއި ހާދިސާ ހިނގިރޭ އޭނާ 40 މީޓަރަށް ދެ ފަހަރެއްގެ މަތިން ފިނާފައިވާކަމަށެވެ. އަދި އެއަށް ފަހު އުނދަގޫ ތަކެއް ވާތީ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދެއްކުމުން އިތުރު ފަރުވާ ދޭން ޖެހޭތީ ޝަންގްރިއްލާއަށް ސިފައިންގެ އެހީގައި ފޮނުވާލީ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީމްގެ ހާލު ވަރަށް ސީރިއަސްއެވެ. އެގޮތުން އޭނާގެ ފައިގެ ވާގި ގޮސްފައިވާކަކަށްވެސް އެރަށުން ވާހަކަދެއްކި ބައެއް މީހުން ވަނީ މައުލޫމާތު ދީފައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނީ ގދ. ތިނަދޫ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޑީކޯ ވެގެން ފަރުވާ ދެމުން ގެންދިޔަ 52 އަހަރުގެ މީހަކު އެ ހޮސްޕިޓަލުގެ އެދުމުގެ މަތިން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓްރުގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް