ފޭރެން އުޅުނު އަންހެނަކު ހިފަހައްޓަން އުޅުމުން ބަރަހަނާ ވެއްޖެ

ފޭރެން އުޅުނު އަންހެންމީހާ ޓީޝާޓް ދޫކޮށްލުމަށްފަހު ފިލަން މަސަތްކަތް ކުރަނީ --- ފޮޓޯ: ސޯސަލް މީޑިއާ

ފޭރެން އުޅުނު އަންހެނަކު މިއަދު މާލެއިން މީހަކު ހިފަހައްޓަން އުޅުމުން އަމިއްލައަށް ބަރަހަނާވެ ފިލަން މަސަތްކަތްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:34 އެހައިކަންހާއިރު މާފަންނު ވެސްޓް ޕާކް ސަރަހައްދު ގޮފިކޮޅުގެ ކައިިރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އުމުރުން 37 އަހަރުގެ އަންހެނަކު ފޭރެން އުޅުމުން އެ ސަރަހައްދުގައި ތިބި މީހުން އޭނާ ހިފެހެއްޓުމުން ލައިގެން ހުރި ޓީޝާޓް ދޫކޮށްލާފައި ފިލަން ދުއްވައިގަތީ ކަމަށެވެ.

ނަމަވެސް އާންމުންގެ އެހީގައި އޭނާ ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ މާލޭގައި ފޭރުމުގެ ބޮޑު ހާދިސާއެއް ހިންގާފައެވެ. ބަންގްލަދޭސް މީހެއްގެ އަތުން ތިން ލައްކައަށް ވުރެ ގިނަ ފައިސާ ފޭރުފައިވާއިރު އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް