90،000 އަށް ވުރެ ގިނަ ޑޮލަރުތަކަކާ އެކު ފުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ޑޮލަރުތަކެއް: ގިނަ ޑޮލަރުތަކަކާ އެކު ފުރަން އުޅުނު ބިދޭސީއަކު މިދިޔަ ހުކުރު ދުވަހު ވަނީ ހައްޔަރުކޮށްފައި ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ނުވަދިހަ ހާހަަށްވުރެ ގިނަ ޑޮލަރުތަކާ އެކު ފުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ އަކީ 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހުކުރު ދުވަހުގެ 11:30 ގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ.

މީގެ ކުރިންވެސް ވަނީ ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރެމިޓެންސް ޓެކްސްއަށް މަކަރު ހަދައިގެން ޑޮލަރު ބޭރު ކުރަން އުޅުމުންނެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، ރެމިޓެންސް ޓެކްސްއަަށް މަކަރުހެދުމަށް މަސައްކަތް ކޮށްފި ނަމަ، އަދަބެއްގެ ގޮތުގައި، ބޭރަށް ގެންދިއުމަށް މަސައްކަތް ކުރި ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

comment ކޮމެންޓް