މާޅޮހާއި ކުޑަހުވަދުއާއެކު މިލަންދުއާއި ތިނަދޫ ވެސް ޕްރިމިއާ ލީގަށް

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށްޓާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕޮއިންޓެއް ހޯދައި، މިލަންދޫން ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އއ. މާޅޮހާއި ދ. ކުޑަހުވަދުއާއެކު ށ. މިލަންދުއާއި ގދ. ތިނަދޫން ވެސް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިލަންދުއަށް ޖާގައެއް ކަށަވަރުވީ އަމިއްލަ ރަށުގައި ކުޅެމުންދިޔަ ހދ. ކުޅުދުއްފުށި އަތުން ހޯދި ޕޮއިންޓާ ގުޅިގެންނެވެ. ތިނަދުއަށް ޖާގައެއް ކަށަވަރުވީ އަމިއްލަ ރަށުގައި ކުޅުނު މެޗުގައި ތ. ތިމަރަފުށި އަތުން ހޯދި ޕޮއިންޓާ ގުޅިގެންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށްޓާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕޮއިންޓެއް ހޯދައި، މިލަންދޫން ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށްޓާއި މިލަންދޫ ބައްދަލުކުރި ގްރޫޕް އެކެއްގެ މެޗާއި ގްރޫޕް ދޭއްގައި ތިނަދުއާއި ތިމަރަފުށި ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.

މިއަދު ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދީ ކުޅުދުއްފުށިންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ކުޅުދުއްފުށްޓަށް އިބްރާހިމް ހަސަން ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ 76 ވަނަ މިނެޓުގައި މިލަންދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުސައިން ވިސާލެވެ.

މެޗުގެ 86 ވަނަ މިނެޓުގައި މިލަންދުއަށް އަލީ ޖުނައިދު ލީޑު ހޯދައިދީފައި ވަނިކޮށް، އޭގެ ދެ މިނެޓް ފަހުން ކުޅުދުއްފުށްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުސައިން އަބްދުލް ރަޝީދެވެ. އެ މެޗުގައި ކުޅުދުއްފުށީގެ އަލީ ސިޔާމް އަހުމަދަށް ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށްޓާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕޮއިންޓެއް ހޯދައި، މިލަންދޫން ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

ގްރޫޕް ދޭއްގައި ކުޅުނު މެޗުގައި ފުރަތަމަ ދެ ލަނޑުޖަހާ ލީޑު ހޯދީ އަމިއްލަ ރަށުގައި ކުޅެމުންދިޔަ ތިނަދޫންނެވެ. މެޗުގެ ދިހަވަނަ މިނެޓުގައި ތިނަދުއަށް އަހްމަދު ބިލާލް ލީޑު ހޯދައިދިންއިރު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ތިނަދުއަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕެޗަރޯމަން އޭޒަގޫރޭ އެލައިންއެވެ.

އެ މެޗުގެ ދެވަނަ ހާފުގައި އެންމެ ފަހުގެ ރަނަރަޕް ތިމަރަފުށިން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި ތިމަރަފުށްޓަށް އަހްމަދު ހައިލަމް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ތިމަރަފުށްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ މިސްބާހު އިބްރާހީމެވެ.

ދެ ގްރޫޕުގެ ހުރިހާ މެޗެއް މިހާރު ކުޅެ ނިމިފައިވާއިރު، 'ގްރޫޕް އޭ'ގެ އެންމެ ކުރީގައި އޮތް މިލަންދުއާއި، މާޅޮހާއި، މިލަންދޫ އަދި އޭދަފުށްޓަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މިލަންދުއާއި މާޅޮހަށް ގްރޫޕްގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގޯލުގެ ތަފާތުން ދެ ޓީމު އެއްވަރުވުމުން އެއްވަނަ އަދި ދެވަނަ ޓީމު ކަނޑައަޅަން ޖެހުނީ އެ ޓީމަކުން ޖެހި ގޯލަށް ބަލައިގެންނެވެ. ޖެހި ގޯލުގެ އަދަދަށް ބަލައިގެން ގްރޫޕްގެ އެއްވަނަ މިލަންދުއަސް ލިބޭއިރު، މާޅޮހަށް ލިބެނީ ދެވަނައެވެ. ތިންވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބ. އެދަފުށި ވަނީ އެ ގްރޫޕްގެ މެޗުތައް ކުޅުނު ކުޅުދުއްފުށީ ޓީމާއެކު ކަޓައިފައެވެ. ކުޅުދުއްފުށި ކުޅުނު ތިން މެޗުން ވެސް އެއްވަރުވެ، ލިބުނީ ތިން ޕޮއިންޓެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށްޓާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕޮއިންޓެއް ހޯދައި، މިލަންދޫން ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

'ގްރޫޕް ބީ'ގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ކުޑަހުވަދުއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ތިނަދުއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނާގައި އޮތް ތިމަރަފުށްޓަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި އޮތީ ސ. ފޭދޫއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ އެއް މެޗު ތިނަދޫގައި ކުޅޭއިރު، ސެމީގެ އަނެއް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. އަންނަ ހޮނިހިރު ދުވަހު ތިނަދޫގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއްވަނަ ކުޑަހުވަދުއާއި ގްރޫޕް އެކެއްގެ ދެވަނަ މާޅޮހެވެ. އަންނަ އާދީއްތަ ދުވަހު ކުޅުދުއްފުށީގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ މިލަންދުއާއި ގްރޫޕް ދޭއްގެ ދެވަނަ ތިނަދޫއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ އިތުރުން ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމެވެ. މިހާތަނަށް މާލޭ ލީގުން ޖާގަ ކަށަވަރުކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް