ޖެޓްފިއުލްގެ އަގު ދަށްކުރުމާ އެކު މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކުގެ އަގު ހެޔޮކުރަނީ

މޯލްޑިވިއަންގެ މަތިންދާބޯޓެއް -- ސަން ފޮޓޯ/ އިހުތިޝާމް މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓް ފިއުލްގެ އަގު ހެޔޮކުރުމާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަންގެ އުދުހުންތަކުގެ ޓިކެޓުގެ އަގުވެސް ހެޔޮކުރުމަށް އެ އެއަލައިނުން ނިންމައިފި އެވެ.

ތެލުގެ ޑިއުޓީ ސަރުކާޜުން ކުޑަކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށް ރިއާޔަތްކޮށް، ވެލާނާ އެއާޕޯޓުން ޖެޓްފިއުލްގެ އަގު ހެޔޮކުރީ މިހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވިއަންއިން ބުނީ ޖެޓްފިއުލްގެ އަގު ހެޔޮވުމާ އެކު މޯލްޑިވިއަންއިން ނިންމާފައި ވަނީ ރާއްޖޭގެ ޑޮމެސްޓިކް ފްލައިޓުތަކުގެ ޓިކެޓުގެ އަގު ހެޔޮކުރުމަށް ކަމަށެވެ.

މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ނަޝާތު ހަމީދު ވިދާޅުވީ، ތެލުގެ އަގަށް އައި ބަދަލާ އެކު، މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުގެ އެއްކޮޅު ޓިކެޓުން އެވަރޭޖްކޮށް 100 ވަރަކަށް ރުފިޔާ ހެޔޮވާނެ ކަމަށެވެ.

މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުގެ އާ ފެއާތައް ޖުލައި 17 ވާ ހޯމަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓިންގް އޮފީސްތަކާއި އޭޖެންޓުތަކުން ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ވެލާނާ އެއަޕޯޓުން ޖެޓްފިއުލްގެ އަގު ވަނީ ޑޮމެސްޓިކް ފްލައިޓުތަކުން ތެޔޮ ލީޓަރަކުން 0.73 ރުފިޔާ، އަދި ބައިނަލްއަގުވާމީ ފްލައިޓުތަކުން 0.35 ރުފިޔާ ހެޔޮކޮށްފަ އެވެ.

comment ކޮމެންޓް