ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް --- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އެ ކޮމިޝަނުން އޭނާ އަށް އަންގައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ބާރީ އެ ކޮމިޝަނަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

ގާޒީ ބާރީ މިއަދު ޖޭއެސްސީއަށް ހާޒިރުކުރާ އިރު، އޭނާ އަކީ މިއަދު 1:30 އަށް ތާވަލުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރެވެ.

އެ ކޮމިޝަނަށް ގާޒީ ބާރީ ހާޒިރުކުރަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ. މިކަމާ ގުޅިގެން ޖޭއެސްސީ އާއި ކްރިމިނަލް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ބާރީ އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ އޭރު އެ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ފެމެލީ ކޯޓަށް ބަދަލުކުރުމަށް ފަހު އެވެ.

comment ކޮމެންޓް