އަންވާރު ފުޓްސަލް ކަޕް: ދެވަނަ ބުރުގެ ފުރަތަމަ މެޗުތައް ފަށައިފި

އަންވާރް ފުޓްސަލް މުބާރާތުގެ ތެރެއިން--ފޮޓޯ/ ޖަމުއްޔަތުލް އަންވާރު

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަންވާރު ފުޓްސަލް މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުތައް ބުދަ ދުވަހު ކުރިއަށް ގެންގޮސްފި އެވެ.

ބުދަ ދުވަހު ހަ މެޗެއް ކުޅެފައިވާއިރު މުބާރަތުގެ ގަވައިދު ބުނާ ގޮތުން ޓީމް ތަކަށް މުބާރާތުގައި ވާދަކުރުމަށް ރަނގަޅު ފުރުޞަތެއް ހޯދައިދިނުމުގެ ގޮތުން ކޮންމެ ގުރޫޕެއްގައި ވެސް ހިމެނޭ ހުރިހާ ޓީމެއް ގްރޫޕް ސްޓޭޖްގައި ދެ މެޗު ކުޅޭނެއެވެ.

ގުރޫޕް ސްޓޭޖަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ކޮންމެ ގުރޫޕަކުން ވެސް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

ބުދަ ދުވަހުގެ ހަވީރު އެންމެ ފުރަތަމަ ކުރިއަށްދިޔަ މެޗުގައި މޮކަރަން އެފްސީ އަދި ޔަންގް ސްޕޯޓްސް ވާދަ ކުރިއިރު އެ މެޗް ނިމުނީ 2-2 ދެ ޓީމް އެއްވަރުވެގެންނެވެ.

ދެވަނަ މެޗު ގައި އެރިސްޓަން އެފްސީ އަދި ޑްރީމް ސްޓާރ ބައްދަލުކުރި އިރު ފޯރިގަދަ ކުޅުމަކަށް ފަހު އެ މެޗު ނިމިގެން ދިޔައީ 2-3 ގެ ނަތީޖާއަކުން ފަހަތުން އަރައި އެރިސްޓަން ކުރި ހޯދައިގެންނެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި އާކް އެކްސް އަދި އެފްސީ ބިރަކާ ނުލާ ކުޅުނުއިރު އެ މެޗުން އާކް އެކްސް މޮޅުވީ 3-0 ނަތީޖާއިންނެވެ. މޮޅެތި ކުޅުނތެރިންތަކެއް އާކްސް އެކްސްގައި ތިބި އިރު ދަނގެއްޗަށް ނިސްބަތްވާ ބިރަކާނުލާއިން އެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ޑީވައިދީ އަދި އެފްސީ ވެމްޕަޔާސް އެވެ. އެ މެޗު ޑީވައިޑީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ރޭ ފަހު މެޗުގައި ކުޅުނީ ދަނގެތީ ކައިރީގައި އޮންނަ ލިލީ ބީޗް ރިސޯޓްގެ ޓީމާއި ޑީވައިޑީ ސްޕޯޓްސް އެވެ. އެ މެޗު ޑީވައިޑީ ސްޕޯޓްސް އިން ކާމިޔާބުކުރީ 7-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެ މުބާރަތުގައި މިއަދާ މާދަމާ ވެސް މުހިއްމު މެޗުތަކެއް ކުޅެން ހަމަޖެހިފައިވާއިރު މުބާރަތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް