ޕްރަކާޝްގެ ފަރާތުން ފަގީރު އާއިލާ އަކަށް އީދު ހަދިޔާގެ ގޮތުގައި ގެއެއް!

މެހެބޫބްނަގަރް ޑިސްޓްރިކްޓުގެ ކޮންދަރެއްދީޕައްޅި އަވަށުގައި ދިރިއުޅޭ މުސްލިމް ފަގީރު އާއިލާ އަކަށް، ބޮލީވުޑް އެކްޓަރު ޕްރަކާޝް ރާޖްގެ ފަރާތުން އީދު ހަދިޔާގެ ގޮތުގައި ގެއެއް ދީފި އެވެ.

ފިތުރު އީދު ދުވަހަާ ދިމާކޮށް، ޗޯޓޭ މިއާގެ އާއިލާ އަށް ގެ ހަވާލު ކޮށްދިނީ ވެސް ޕްރަކާޝް އެވެ. އެ އޭނާ ވަނީ ގެ ހަވާލު ކުރުމަށް ކުޑަ ހަފްލާއެއް ބާއްވައިފަ އެވެ.

ޗޯޓޭ މިއާގެ ދެމަފިރިންނާއި އެމީހުންގެ ތިން އަންހެން ދަރިން ކުރިން ދިރިއުޅެމުން ދިޔައީ ދުވަސްވުމުގެ ސަބަބުން ބޮލަށް ވެއްޓެން ކައިރިވެފައިވާ ތަނެއްގަ އެވެ.

ފިލްމުތަކުގައި ނެގެޓިވް ރޯލުތަކުން ފެންނަ ޕްރަކާޝް، މިހާރު ވަނީ ޗޯޓޭ މިއާގެ އާއިލާ އަދި އެ އަވަށުގެ މީހުންގެ 'ހީރޯ' އަށް ވެފަ އެވެ.

ގެ ހަވާލު ކުރުމަށް ފަހު ޕްރަކާޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ބަޔަކަށް ކަމެއް ކޮށްދިނުމުން ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ. ޕްރަކާޝް ފިތުރު އީދު ފާހަގަ ކޮށްފައި ވަނީ ވެސް އެ އަވަށުގަ އެވެ.

ޕްރަކާޝްގެ ފައުންޑޭޝަނުން ވަނީ އެ އަވަށުގެ ކަންކަމާ ހަވާލުވެފަ އެވެ. އެގޮތުން އަވަށް ތަރައްގީ ކުރުމަށް ގިނަ ޕްރޮޖެކްޓުތަކެއް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް