މިޔަންމާ އަދި ތައިލެންޑް ގުޅިގެން އެއް ބިލިއަން ޑޮލަރުގެ ޑްރަގް ނައްތާލަން ފަށައިފި

މިދިޔަ އަހަރު މިޔަންމާގައި ޑްރަގް ނައްތާލުމުގެ ތެރެއިން ---

މިޔަންމާ އަދި ތައިލެންޑް ގުޅިގެން އެއް ބިލިއަން ޑޮލަރުގެ ޑްރަގް ނައްތާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑްރަގާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުސް ފާހަގަކުރުމަށް މިޔަންމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑްރަގްގެ ބާވަތްތައް ކަމަށްވާ އޯޕިއަމް، ހެރޮއިން އަދި ކޮކެއިން ވެސް ވަނީ ނައްތާލުމަށް ޓަކައި އަލިފާނަށް އަޅާފަ އެވެ. އޭގެ ތެރޭގައި ޖުމްލަ 385 މިލިއަން ޑޮލަރުގެ ޑްރަގް ހިމެނެ އެވެ.

މިޔަންމާގެ ފުލުހުން ފާހަގަކުރާ ގޮތުން އެއީ ތާރީހުގައި ވެސް މިޔަންމާގައި ނައްތާނުލާ ވަރުގެ ގިނަ އަދަދެއްގެ ޑްރަގެވެ. މިޔަންމާ ފާހަގަކުރެވިފައި ވަނީ އެންމެ ގިނައިން ޑްރަގް އުފައްދާ ގައުމުގެ ގޮތުގަ އެވެ.

ނަމަވެސް މިޔަންމާގައި ދަނީ ޑްރަގްގެ ވަބާއިން ސަލާމަތް ވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކިތަންމެ ކުޑަ ޑްރަގް ކޮޅެއް އަތުން ފެންނަ މީހާ ވެސް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އާދެ އެވެ.

ޑްރަގާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުސް ފާހަގަކުރުމަށް ތައިލެންޑްގައި ވަނީ 589 މިލިއަން ޑޮލަރުގެ ޑްރަގް ނައްތާލައިފަ އެވެ.

އޭގެ ތެރޭގައި 7800 ގްރާމުގެ ޔަބާ ޕިލްސް އާއި 1185 ކިލޯގްރާމްގެ މެތަފެޓަމައިން ހިމެނެ އެވެ.

ތައިލެންޑްގައި އެންމެ ގިނަ މީހުން ޖަލަށްލާފައި ވަނީ ޑްރަގްގެ މައްސަލަތަކުގަ އެވެ.

comment ކޮމެންޓް