އެމްއީއެސްސީ ފުޓްސަލް މުބާރާތުގެ ފައިނަލަށް ކަންމަތީ ބުރު އާއި ކްލަން ރިވެންޖާސް ދަތުރުކޮށްފި

ޓީމް ކަންމަތީ ބުރުގެ ސްކޮޑް

ރަމަޟާން ކަޕް 1438 ގެ ނަމުގައި މިޔުޒިކް އެޑިފިކޭޝަން އެންޑް ސްޕޯޓްސް ކްލަބް (އެމްއީއެސްސީ) އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލަށް ކަންމަތީ ބުރު އާއި ކްލަން ރިވެންޖާސް ދަތުރުކޮށްފިއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ކްލަބް ރިވެންޖާސް ދަތުރު ކުރީ ސެމީ ފައިނަލްގައި ޕްރޮގްރެސިވް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 3-2 ގެ ނަތީޖާ އިން މެޗް ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލް ދެވަނަ މެޗްގައި، ގްރޫޕް ބީގެ އެއްވަނަ ހޯދި ކަންމަތީ ބުރު އަދި ޕީއެޗްއެމް ހަނޑަހާ އާ ބައްދަލުކޮށް 5-3 ގެ ނަތީޖާ އިން ޕީއެޗްއެމް ހަނޑަހާގެ މައްޗަށް ކުރި ހޯދައިގެން ފައިނަލަށް ދަތުރުކުރީ ކަންމަތީ ބުރެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗްގެ ކުޅުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ 21:30 ގައެވެ. ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއްލިބޭ އަތޮޅުގެ ރަށްތަކަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މި އަހަރު ހަތް ޓީމެއް ވަނީ ބައިވެރިވެފައެވެ.

ކްލަބް ރިވެންޖާސްގެ ސްކޮޑް

މި މުބާރާތް މެދުކެނޑުމެއްތި ގއ. ދާންދޫގައި ބާއްވަމުން އަންނަތާ 11 ވަނަ ފަހަރެވެ. އަންނަ އަހަރު ވެސް މި މުބާރާތް ބާއްވަން ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޓީމަކީ ކްލަބް ރިވެންޖާސްއެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމަކީ ކަންމަތީ ބުރެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 7500 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާދާމާ ރޭ އެވެ.

comment ކޮމެންޓް