ރޯދަ ނުހިފައިގެން ހައްޔަރު ކުރި މީހުންގެ އަދަދު ގިނަވެއްޖެ

ހައްޔަރުކޮށްފައިވާ އަންހެނަކު ފުލުހުންގެ ވެހިކަލަށް އަރުވަނީ -- ފޮޓޯ/ ޕޮލިސް

މިއަހަރުގެ ރަމަޟާން މަހު ރޯދަ ނުހިފައިގެން ހައްޔަރު ކުރި މީހުންގެ އަދަދު ވޭތުވެ ދިޔަ ރަމަޟާން މަހަށް ވުރެ ގިނަވެއްޖެ އެވެ.

ފުލުހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރޯދަމަހު ދުވާލު ރޯދަ ނުހިފައި ކައިގެން ވޭތުވެދިޔަ އަހަރު ހައްޔަރު ކުރީ 15 މީހުންނެވެ. ނަމަވެސް މި އަހަރު ރޯދަ ނުހިފައިގެން 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ގަބޫލުކުރެވޭފަދަ ދީނީ ނުވަތަ ސިއްހީ ނުވަތަ ސިއްހަތާ ގުޅުން ހުރި ސަބަބެއް ނެތި ރަމަޟާން މަހު ރޯދަ ދޫކޮށްމަކީ ކުށެއް ކަމަށް ގާނޫނުލްއުގޫބާތުގައި ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން މަގުބޫލު ސަބަބެއް ނެތި ގަސްތުގައި ރޯދަ ދޫކޮށްލާ މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ. އަދި އެންމެ ކުޑަ އަދަބަކީ ނުވަ ދުވަހަށް ޖަލަށް ލުމެވެ.

comment ކޮމެންޓް