މޯނީގެ ފުރަތަމަ ފިލްމު އަކްޝޭ އާއެކު!

އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ގޯލްޑް'ގެ ލީޑު އަންހެން އެކްޓަރަކަށް ޓީވީ ޑްރާމާ 'ނާގިން' އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓީވީ އެކްޓްރެސް މޯނީ ރޯއި ހަމަޖައްސައިފިއެވެ.

ކުރިން ބެލެވިފައި އޮތީ މޯނީ ބޮލީވުޑަށް ތައާރަފު ކުރާނީ ސަލްމާން ޚާން ކަމަށެވެ. އެހެން ނަމަވެސް އަކްޝޭ އާއެކު 'ގޯލްޑް' ގެ މަސައްކަތް ކުރުމަށް މޯނީ އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

'ގޯލްޑް' އަކީ މިނިވަން ގައުމެއްގެ ގޮތުގައި 1948 ވަނަ އަހަރުގެ އޮލިމްޕިކްސް ގައި އިންޑިއާއިން ހޯދި ރަން މެޑަލްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމު ބިނާކޮށްފައި ވަނީ، އެ އަހަރު އޮލިމްޕިކްސްގައި އާޖެންޓީނާ އަދި އިނގެރޭސިވިލާތާ ދެކޮޅަށް ގޯލު ޖެހި ބަލްބީރު ސިންގގެ ހަޔާތުގެ މައްޗަށެވެ.

ފިލްމުގައި ބޮޑަށް އަލިއަޅުވާލާފައި ވާނީ އަކްޝޭ އަށެވެ. އެހެން ނަމަވެސް، މޯނީގެ ކެރެކްޓަރަކީ ވަރަށް މުހިންމު ކެރެކްޓަރެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ފިލްމުގެ ޝޫޓިންގގައި މޯނީ ބައިވެރިވާން ފަށާނީ އަންނަ އޯގަސްޓު މަހުއެވެ. ފިލްމުގައި މޯނީ ފެނިގެން ދާނީ މީގެ ކުރިން އޭނާ ކުޅެފައިނުވާ ފަދަ ތަފާތު ރޯލަކުން ކަމަށް ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް