ރަމަޟާން މަހަށް ފަހުވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބެން ޖެހޭ: ޚުތުބާ

ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލައްވާ ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވިމަހެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވެސް ވަނީ ރޯދަ މަހު ޤުރުއާން ކިޔުއްވާ މިންވަރު އިތުރުކުރައްވާފައެވެ-- އިސްލާމީ މަރުކަޒުގައި ބަޔަކު ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާން މަހަށް ފަހުގައިވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިއްވި ޚުތުބާގައި ބުނެފައިވަނީ ރަމަޟާން މަހަށް ތިމާގެ އަމަލުތައް ސީދާކޮށް ކަންކަން އިސްލާހުކުރި ފަދައިން އެމަސް ނިމުމުންވެސް އެގޮތުގެ މަތީގައި ދެމި ތިބުމަށް މުސްލިމުންނަށް ގޮވާލާފައެެވެ.

ހުތުބާގައި ބުނެފައިވަނީ ރަމަޟާން މަހުގައި ތިބާއަށް ކުރެވުނު އަޅުކަންތައްތަކާއި ހެޔޮ ކަންތައްތަކާމެދު ބޮޑާ ނުވުމަށާއި އޭގެ ބަދަލުގައި އެ އަމަލުތައް ގަބޫލުކުރައްވާތޯ މާތް ﷲ ގެ ހަޒްރަތަށް ދުއާކުރުން މަތީ ދެމި ތިބުމަށެވެ.

ރަމަޟާން މަހަކީ ހެޔޮ ކަމުގެ މައްސަރަކަށް ވާތީ އެ މައްސަރުގައި ހެޔޮ އަމަލުކުރުމަށް އޮތް ޝައުގު ވެރިންކަން ބޮޑުވާނެ ކަމަށާއި ނަމަވެސް އެ މަސް ނިމުންވެސް ރަމަޟާން މަހުގައިކުރި ހެޔޮކަންތައްތައް ކުރުން ދޫ ނުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ޚުތުބާގައި ވަނީ، ރަމަޟާން މަހުގެ ރޯދައަށް ފަހު އަންނަ ޝައްވާލް މަހުގެ ހަ ރޯދަ ހިފުމަށް މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ. ހަ ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދަ ކަމަށް ހުތުބާގައި ވަނީ ބުނެފައެެވެ.

comment ކޮމެންޓް