ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާ އުފުލައިފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދުއެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ ދިދަ އޭނާ ބޭނުން ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ފާރިސް ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

އެރޭ ފާރިސް ވިދާޅުވީ ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާނަމަ އެކަންކޮށްފައި ވާނީ ގާނޫނީ ހަމަތަކުގެމަތިން ކަމަށެވެ.

comment ކޮމެންޓް