ޕްރީއޯޑަރ އެމްވީއާ ގުޅޭ މައްސަލަތައް ހުށަހަޅަން ފުލުހުން އެދިއްޖެ

ޕްރީއޯޑަރ އެމްވީ ޕޭޖު ---

އަގުހެޔޮކޮށް ފޯންފަދަ ތަކެތި ގެނެސްދޭ ކަމަށް ބުނެ ފޭސްބުކްގައި ހިންގާ "ޕްރީއޯޑަރ" ޕޭޖުން އޮޅުވާލައިގެން ވިޔަފާރިކުރަމުން ދިއުމާ ބެހޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ވަނީ އެފަދަ އިތުރު މައްސަލަ ހުރިނަމަ އެކަން ފުލުހުންނަށް ރަސްމީކޮށް ރިޕޯޓުކުރަން އެދިފައެވެ.

ޕްރީއޯޑާގެ ނަމުގައި ފޭސްބުކްގައި ހިންގާ އެ ފޭސްބުކް ޕޭޖުން އެންމެ ފަހުގެ ފޯނުތަކާއެކި އެކިއެކި ފޯނާއި ގުޅުންހުރިތަކެތި ވަރަށް އަގުހެޔޮކޮށް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. ފައިސާ ދައްކާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަކެތި ގެނެސްދޭނެ ކަމަށް އެޕޭޖުގައި ބުނެފައިވެއެވެ.

އެ ޕޭޖު މެދުވެރިކޮށް މުދާ ގެނައުމަށް ފައިސާ ދެއްކި އެތައް ބަޔަކު ބުނެފައިވާ ގޮތުގައި، ފައިސާ ނެގުމަށް ފަހު ދެން އެޕޭޖް ހިންގާ މީހާގެ ހަބަރެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ، ޕްރީއޯޑަރ އެމްވީ ޕޭޖުން ކުރާ ވިޔަފާރިއާ ބެހޭގޮތުން މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަތައް ބަލަމުންދާ ކަމަށެވެ.

އަދި އެ ޕޭޖާ އެކު މައްސަލަ ދިމާވެފައިވާ ފަރާތްތަކުން ފުލުހުންނަށް އެ މައްސަލަތައް ރަސްމީކޮށް ހުށަހެޅުމަށްވެސް ފުލުހުން ވަނީ އެދިފައެެވެ.

comment ކޮމެންޓް