އަދުލުއިންސާފު ގާއިމްކުރަން ހުރަސްއެޅުމުގެ ދައުވާ ސޮފްވާންގެ މައްޗަށް އުފުލައިފި

އަހުމަދު ސޮފްވާން: --- ފޮޓޯ/ ޕޮލިސް

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައުމޫންގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާންގެ މައްޗަށް އަދުލުއިންސާފު ގާއިމްކުރަން ހުރަސްއެޅުމުގެ ދައުވާ އުފުލައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ސޮފްވާންގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދުއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރި އިއުލާނާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިނުވާތީ އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ ސޮފްވާނާ ގުޅޭގޮތުން ފުލުހުން ތަހުގީގުކުރާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމަށެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތު ކުރެވޭ މަޖިލިސް މެމްބަރުންނަށް ރިޝްވަތުދިން މައްސަލަ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

comment ކޮމެންޓް