ތާފަނާ ފެން ލޮނާއެކު ބުއިމުން ކުރާނެ ފައިދާތައް

ތާފަނާ ފެނާއެކު ލޮނު ބޭނުން ކުރުމަކީ އޭގެން ވަރަށް ގިނަ ސިއްހީ ފައިދާތަކެއް ލިބޭ ކަމެއް

އިންސާނާގެ ސިއްހަތު ރަނގަޅުކުރުމަށް ޓަކައި ގަވައިދުން ކަސްރަތުކުރުމާއި ފައިދާ ހުރި ކާނާ ކެއުން ފަދަ ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ.

ނަމަވެސް މިއީ ސިއްހަތަށް ވަރަށް ރަނގަޅު، އަދި ހަމަ އެހާމެ ފަސޭހައިން ކޮއްލެވިދާނެ ކަމެކެެވެ. މިކަމަށް ބޭނުން ވަނީ ތާފަނާ ފެން ތަށްޓަކާއި ހިމާލިޔަން ސޯލްޓް ފަދަ އަސްލު ލޮނެވެ.

ފިހާރަތަކުން ގަންނަން ލިބޭ އާދައިގެ ލޮނަކީ މިކަމަށް އެކަށީގެންވާ ލޮނެއް ނޫނެވެ. މިއީ ހަށިގަނޑު ތަފާތު ނުރައްކާތެރި ބާވަތްތަކުން ސާފުކޮށްދީ، ހަށިގަނޑަށް އަރާމު ލިއްބައިދީ އަދި ސެލްތަކަށް އާރޯކަން ގެނެސްދިނުމަށް އެހީވެދޭ އެއްޗެކެވެ.

އަސްލު ލޮނު ތާފަނާ ފެނާއެކު ހަފްތާއެއް ވަންދެން ބޮއެފިނަމަ ހަށިގަނޑަށް ލިބޭފައިދާތަކުގެ ތެރޭގައި:-

  • ހަށިގަނޑުގައި ހަކުރު އެއްވަރެއްގައި ހިފަހައްޓައި ދިނުން
  • ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކޮށްދިނުން
  • ކަށިތަކުގެ ބާރުގަދަ ކޮށްދިނުން
  • ވެރިކޯސް ނާރުތަކުން ދުރުކޮށްދިނުން

ތާފަނާ ފެނަށް ލޮނު އަޅައިގެން ބުއިމަކީ މާ ކުރިން ވެސް ކޮށް އުޅުނު ކަމެކެވެ. މިއަށް "މާސްޓާ ކްލީންސް" ނުވަތަ "ސޯލްޓް ވޯޓާ ފްލެޝް" އޭ ވެސް ކިޔައި އުޅެ އެވެ. އާންމުކޮށް މިފަރުވާ ބޭނުންކޮށްފި ނަމަ ބޮޑު ކަމުދިމުގައި އެހީވެދީ އަދި ހަޖަމް ކުރާ ނިޒާމާއި އަދި ކޮލޯން ސާފުކޮށް ދިނުމުގައި އެހީވެދެ އެވެ.

މިދެންނެވި ކަމަކީ އޭގައި ކިތަންމެ ރަނގަޅު ފައިދާތަކެއް ހިމެނޭކަމަކަށް ވިޔަސް މާގިނައިން މިކަންކޮށްފި ނަމަ އޭގެން ނުރަނގަޅު އަސަރު ހަށިގަނޑަށް ކުރާނެ އެވެ. އޭގެ ތެރޭގައި ހައިޕަޓެންޝަން ހިމެނެ އެވެ.

ހަފްތާއަކު އެއްފަހަރު ތާފަނާ ފެނާ އެކު ލޮނުފެން ބޯންވީ ކީއްވެ؟

ބައެއް މީހުން، އަދި ސިއްހީ މާހިރުންނަށް މިކަމަކީ އެހާ މުހިންމު ކަމަކަށް ނުވާއިރު ފާހަނގަ ކޮށްލަން ޖެހޭ ކަމަކީ ގިނަ މީހުންގެ ޑައެޓްގައި ފައިދާ ހުރި ކާނާ ވަރަށް މަދުކަމެވެ. ފައިދާއެއް ނެތް މިފަދަ ކެއުންތަކުގެ ސަބަބުން ތަފާތު ވިހަ ކެމިކަލްތަކާއި، މާއްދާތައް ހަށިގަނޑަށް ނުކަތާވަރުވެ، އަދި ހާއްސަކޮށް މިދެންނެވި ތަކެތި ހަށިގަނޑުން ރަނގަޅަށް ބޭރު ނުކުރެވޭ ނަމަ ކޮލޯންގައި ފުނިޖެހޭ ގޮތް ދިމާވެ އެވެ. ހަމައެއާ އެކު ހަޖަމް ކުރުމުގައި ތަފާތު މައްސަލަތައް ޖެހި، ތަފާތު ބަލިތަކަށް މަގުފަހިވެގެންދެ އެވެ.

comment ކޮމެންޓް